ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 08:40
ސިޓީ އަށް ކުޅެމުން އަންނަ ވޯކާ
ސިޓީ އަށް ކުޅެމުން އަންނަ ވޯކާ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ސިޓީގެ އެއްބަސްވުން ވޯކާ އައުކޮށްފި
 
މިހާރު ސިޓީއާއެކު ވޯކާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

މެެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ކައިލް ވޯކާ އެ ކުލަބުގެ އެއްބަސްވުން އައުކޮށްފި އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ މިހާރު ވަނީ ސިޓީގެ އައު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސިޓީއާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީ އާއެކު އޭނާ ސޮއި ކުރީ އިތުރު ތިން އަހަރަށް ކުލަބުގައި މަޑު ކުރުމަށެވެ. އެހެންކަމުން، މިހާރު ސިޓީ އާއެކު ވޯކާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ވޯކާގެ އެއްބަސްވުން އައު ކުރިކަން ސިޓީން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ސިޓީގެ އެއްބަސްވުން ވޯކާ އައު ކުރީ، އޭނާގެ ހޯދުމުގެ މަސައްކަތް ޖަރުމަނު ލީގުގެ ބަޔާން މިއުނިކުން ކުރަމުން އަންނަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވޯކާ ބުނީ، ބަޔާނަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ ކަމަށެވެ. ނަމަވެސް ފުޓުބޯޅައިގައި ވަރަށް އަވަހަށް ކަންކަން ބަދަލުވާނެ ކަމަށާއި، ސިޓީގައި މަޑު ކުރުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށެވެ.

ޓޮޓެންހަމްގައި ހުރުމަށް ފަހު ވޯކާ ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 260 މެޗުގައި ހަ ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ 15 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ވޯކާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިސްކަން ދެމުން އަންނަ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް