ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 12:57
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަކުރައްވާ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަކުރައްވާ
ރައީސް އޮފީސް
ރައީސް "ރިއެކްޓް" ކުރެއްވުން
ރައީސްގެ "ރިއެކްޓް" ނުކުރެއްވުން: ރާޒުވާގެ މިސާލުން
މަނާފުއް ކުޅެވޭ ގޮތަކުން މުޅި ރާޒުވާ ގަނޑަށް ބަދަލު އަތުވެދާނެ
ކަންކަމުގައި ނިންމުންތައް ނިންމާއިރުވެސް ފުންކޮށް ވިސްނަންޖެހޭ
ފަރުވާކުޑަ ނިންމުންތައް ނިންމާލާ ކަންކަމަކީ ފަަހަރުގައި އެއަށްވުރެ ބޮޑު ނަތީޖާތަކަކާ ގުޅިފައިވާ ކަމަކަށް ވެދާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަ ކުރައްވާއިރު، ކެމްޕޭނުގެ ފޯރިވެސް މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ކެމްޕޭނުގެ ތެރެއިން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެންމެ ބޮޑަށް މި ދުވަސްވަރު އިވޭ އެއް ބަހަކަށް "ރިއެކްޓް" މި ބަސް ވާނެއެވެ. ރައީސް ސާލިހު ކަންކަމަށް ރިއެކްޓް ނުކުރައްވާ ވާހަކައާއި، މަޑުމަޑުން ހުންނަވާ ވާހަކައެވެ.

ކަންކަމުގައި އެމަނިކުފާނު ރިއެކްޓް ކުރެއްވުން ލަސްވާކަމަށް ދެކެވޭ ވާހަކައިގެ ރައްދު ރައީސް ސާލިހު ދެއްވާފައިމިވަނީ ރާޒުވާ ކުޅިބައެއްގެ މިސާލުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރައީސް ސާލިހު މިވަނީ، ސިޔާސީ ގޮތުންނާއި ޒާތީ ދިރިއުޅުއްވުމާ ގުޅޭގޮތުން ހޯސްޓު އާމިރު ސަލީމް ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ބައްލަވާ، ރާޒުވާ ކުޅިބައެއް. އޭގަ މި ހުންނަނީ އެކިގޮތަށް ދުވާ ކުޅި ދެއްތޯ! މަންތިރި، އަސް، ރިޔާ، މިހެންގޮސް މަނާ އެބަހުރި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރާޒުވާ ބޯޑު އެތުރިފައިވާ ގޮތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ބައެއް މީހުން ކުޅެން ފަށާގޮތަށް ރާޒުވާ ކުޅިބައިގައި ހިމެނޭ މަނާފުއްތައް އަވަހަށް ކުރިއަށް ޖައްސާލާ ކަމަށެވެ.

ބައެއް ބޭފުޅުން މަނާފުއްތައް ރާސްލާފަ ކުރިއަށް ޖައްސާފަ ދެން މައިގަނޑު ގޭމަށް ކޮންސެންޓްރޭޓު ކުރާތަން މި ފެންނަނީ. އެކަމަކު އެއީ މުޅިން ރަނގަޅު ކަމެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އެއީ މުޅިން ރަނގަޅު ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވެއެވެ. އެގޮތުން މަނާފުއް ކުޅެލެވޭ އެންމެ ގޮތަކުންވެސް މުޅި ރާޒުވާ ގަނޑަށް އޭގެ އަސަރުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނާފުއް ކުރިއަށް އެ ޖައްސާލާ ޖައްސާލުމުގަވެސް މުޅި ގަނޑަށް އޭގެ އަސަރުކުރާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ، ރާޒުވާ ކުޅޭއިރުވެސް އެކަންކަމަށް ވިސްނަން ޖެހޭނެ ކަމަށާއި، ކަންކަމުގައި ނިންމުންތައް ނިންމާއިރުވެސް އޮންނާނީ ހަމަ އެ އުސޫލު ކަމަށެވެ. އެމަނިކުފާނަށްވެސް އެފަދަ ތަޖުރިބާތައް ކުރެއްވިފައިވާކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ. އަވަސް އަރުވާލާފައި ކަންކަން ނުނިންމަންވީ މިހެންވެ ތޯއްޗެކެވެ.

ބައެއް ފަހަރު އަޅުގަނޑުވެސް ގޭމް ނިންމާލާފަ ގޭގަ ނިދަން އޮންނައިރު، އަންނާނެ ގިނަފަހަރު އެ ޗެސްގަނޑު ދިޔަގޮތުގެ ޚިޔާލު. ހިތަށް އަރާނެ ކީއްވެބާއޭ އަޅުގަނޑަށް އެ މަނާފުއް ފުރަތަމަ ފެށިއިރުގަ ކުރިއަށް އެ ކޮއްޕާލެވުނީ. އެހެން ނޫންނަމަ ގައިމޭ މިދާނީ ހަމަ އެހެން ގޮތަކަށޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަކުރައްވާ - ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެމަނިކުފާނު ކަންކަން ނިންމަވާއިރު، ނުހަނު ފުންކޮށް ވިސްނާވަޑައިގަންނަވާ ކަމަށެވެ. އެންމެ އާދައިގެ ކަމެއްކަމަށް ހީކޮށް ފަރުވާކުޑަ ނިންމުންތައް ނިންމާލާ ކަންކަމަކީ ފަަހަރުގައި އެއަށްވުރެ ބޮޑު ނަތީޖާތަކަކާ ގުޅިފައިވާ ކަންކަމަށްވެސް ވެދާނެކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް