ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 14:08
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ 50ވަނަ އަހަރީ ދުވަސް ފާހަގަކުރުން
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ 50ވަނަ އަހަރީ ދުވަސް ފާހަގަކުރުން
އެމްއެންޔޫގެ 50ވަނަ އަހަރީ ދުވަސް
އެމްއެންޔޫގެ 50ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް
 
އެމްއެންޔޫގެ ވުޖޫދަށް އައީ 1 ސެޕްޓެމްބަރު 1973 ގައި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 50ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

އެމްއެންޔޫގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަލްމާން މިސްކިތުގައި ހުކުރު ދުވަހުގެ ފަތިސް ނަމާދު ވަނީ ކޮށްފައެވެ. ފަތިސް ނަމާދަށް ފަހު އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިން ހިމެނޭހެން ޚާއްސަ ހިނގާލުމެއް ވެސް ބާއްވާފައިވެއެވެ. ސަލްމާން މިސްކިތް ކައިރިން ފެށިގެން އެމްއެންޔޫގެ މައި ބިލްޑިން އާއި ހަމައަށް އެ ހިނގާލުން ކުރިއަށް ގެންދިޔައެވެ.

އޭގެ ފަހުން އެމްއެންޔޫގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ހޮނިހިރު ދުވަހު ވެސް އެމްއެންޔޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާފަންނު ސްޓޭޑިއަމްގައި ބޮޑުބެރާއި ސަގާފީ ހަރަކާތްތައް އޮންނާނެއެވެ. މި ހަރަކާތްތައް ފަށާނީ ހެނދުނު 06:45ގައެވެ.

އެމްއެންޔޫގެ ވުޖޫދަށް އައީ 1 ސެޕްޓެމްބަރު 1973 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް