Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 09:32
ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު
ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު
ރާއްޖެއެމްވީ
ރަނިންގމޭޓް އަސްލަމް ތ އަތޮޅުގައި
މިސަރުކާރުން ކުރަން ވައުދުވި ކަންކަމުގެ ތެރޭގައި ކޮންމެވެސް ސިފައެއްގައި ކުރަން ނުފަށާއޮތް ކަމެއްނެތް: އަސްލަމް
މިސަރުކާރުން ވީވައުދުގެ 90 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވި

މިސަރުކާރު އައިއިރު ކުރަން ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ކޮންމެސް ސިފައެއްގައި އެކަމެއް ކުރަން ނުފަށާ އޮތް ކަމެއް ނޯންނާނެކަމަށް ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާކަމަށެވެ. ޒުވާނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ގިނަ ކަންތައްތަކެއް މިސަރުކާރުން ކޮށްދެމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

އަސްލަމް ވިދާޅުވީ ކޮވިޑްގެ ސަބަބުން ބޭނުންވި ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްނުދާކަމަށެވެ. ނަމަވެސް މިސަރުކާރުން ވީވައުދުގެ 90 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޝްރޫޢުތައް ނުނިމުމަށް ދިމާވި މައިގަނޑު ސަބަބަކީ ކޮވިޑްގެ ހާލަތު. ކޮވިޑްގެ ސަބަބުން ގައުމުތައް ބަންދުވުމުގެ ސަބަބުން ފައިސާ ހުރިކަމުގައި ވީނަމަވެސް މަޝްއޫރުތަކަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކާ ކުރިމަތިވި. އެހެންކަމުން މަޝްރޫޢުތައް ހިންގަން ދަތިތަކާ ކުރިމަތިވި. ނަމަވެސް އެހާލަތާއެކުވެސް ގިނަ ކަންތައްތަކެއް ކުރެވިއްޖެ
މުހައްމަދު އަސްލަމް/ ރައީސް ޞާލިހުގެ ރަނިންގމޭޓް

އަސްލަމް ވިދާޅުވީ އޮމަދޫގައި މިސަރުކާރުން 10 މަޝްރޫޢު ހިންގަމުންދާކަމަށާއި އެމަޝްރޫޢުތަކަށް 64 މިލިއަން ރުފިޔާ ހޭދަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް