ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 12:52
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ
އެމްޓީސީސީގެ މަޝްރޫއުތައް
މުލި-ނާލާފުށީ ކޯޒްވޭއާއި މ މުލަކު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
މުލި-ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ އަގަކީ 125,587,778.40 ރ
މ. މުލި އާއި މ. ނާލާފުށި އާއި ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ
މުލަކު ބަނދަރު ބޮޑުކުރުމާއި، ނެރުފައިކަށި ހެދުމުގެ މަޝްރޫއުގެ އަގަކީ 62,634,246.84 ރުފިޔާ

މ މުއްޔާއި ނާލާފުށީ ކޯޒްވޭ ތަރައްޤީ ކުރުމުގެ މަޝްރޫއާއި އެ އަތޮޅު މުލަކު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.

ބުދަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މުލި-ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ އަގަކީ 125,587,778.40 ރ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.

މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ މ. މުލި އާއި މ. ނާލާފުށި އާއި ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އެޅުމެވެ. އެގޮތުން މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހެދިގެން ދާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ކޯޒްވޭގެ މަގުތައް ހެދުމާއި ތާރުއެޅުންވެސް ސްކޯޕްގެ ތެރޭގައި ހިމެނޭއިރު، 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން މ. މުލި އަދި މ. ނާލާފުށި ކ ޒްވޭއަކުން ގުޅާލެވިގެންދާނެއެވެ.

އޭގެ އިތުރުން، މުލަކު ބަނދަރު ބޮޑުކުރުމާއި، ނެރުފައިކަށި ހެދުމުގެ މަޝްރޫއުވެސް އެމްޓީސީސީއާ ޙަވާލުކޮށްފައިވާއިރު، މި ކޮންޓްރެކްޓުގެ އަގަކީ 62,634,246.84 ރުފިޔާއެވެ.

ކޮންޓްރެކްޓް ނިންމުމަށް ދީފައިވަނީ 485 ދުވަހުގެ މުއްދަތެކެވެ.

- ކޮމެންޓް