ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 12:26
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ
ކޮޅުފުށީ މަގު ހެދުން
ކޮޅުފުށީ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއަށް
 
ކޮންޓްރެކްޓުގެ އަގަކީ 93,787,059.02ރ
 
މަސައްކަތް ނިންމުމަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެއް

ޑިޒައިން އެންޑް ބިލްޑް އުސޫލުން މ ކޮޅުފުށީ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފިއެވެ.

ބުދަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމު ކުރުމާއި، މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

މި ކޮންޓްރެކްޓުގެ އަގަކީ 93,787,059.02ރ (ނުވަދިހަ ތިން މިލިއަން ހަތްލައްކަ އަށްޑިހަ ހަތްހާސް ފަންސާސް ނުވަ ރުފިޔާ) އެވެ.

މަސައްކަތް ނިންމުމަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް