މާދަމާ ފަށާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތަށް ނުކުންނައިރު ފުރަތަމަ ހަތަރު ބޯލަރުންނަށް ހަޔަކަށް ނުޖެހޭތީވެ އެކަމުގެ ކަންބޮޑުވުން އޮތްކަމަށް އިންޑިޔާގެ ކްރިކެޓް ތަޖުރިބާކާރުން ބުނެފި އެވެ.
ޕާކިސްތާނާއި ލަންކާގައި ކުޅޭ އޭޝިޔާ ކަޕަށް އިންޑިޔާއިން 17 ކުޅުންތެރިން ގެންދާނެ އެވެ. މީގެ މާނައަކީ އޮކްޓޫބަރު މަހު އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕަށް އިންޑިޔާ އަށް އަދިވެސް ޓީމު ފައިނަލް ނުކުރެވުން ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ. އިންޑިޔާ ޓީމުގައި އަނިޔާގައި މުހިންމު ކުޅުންތެރިންތަކެއް އެބަތިއްބެވެ. ހަރްދިކް ޕަންޑްޔާ އާއި ރަވިންދްރާއަށް އެކުގައި ކުޅެވިއްޖެނަމަ އިންޑިޔާއިން މެޗެއް ކާމިޔާބުކުރަން ބޯލަރުންނަށް ނުޖެހޭނެ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް ބޯލަރުންގެ ތެރެއިން ފުރަތަމަ ހަތަރު ބޯލަރުންނަކީ ހަޔަކަށް ބޯޅަ ފޮނުވާނުލެވޭ ކުޅުންތެރިންނަށްވުމުގެ ކަންބޮޑުވުން އޮތީ އެވެ.
މި ހަތަރު ބޯލަރުންނަކީ ޖަސްޕްރިޓް ބުމްރާ އާއި ކުލްދީޕް ޔަދާވް އާއި ޕަރްޝިދް ކްރިޝްނާ އާއި މުހައްމަދު ސިރާޖެވެ. މިހެންވެ އިންޑިޔާ ބޭނުންވަނީ މި ކުޅުންތެރިންނާއެކު އޭޝިޔާ ކަޕުގައި އިތުރު ބޯލަރުން ވަރުގަދަ މެޗުތަކެއްގައި ޓެސްޓް ކުރުމަށެވެ.