އިންޑިޔާ އާއި ޕާކިސްތާން އިއްޔެ ކުޅުނު ވިއްސާރައިގެ ސަބަބުން ހުއްޓާލަން ޖެހި ޕާކިސްތާން އޭޝިޔާ ކަޕުގެ ގަދަ ހަތަރަކަށް ދަތުރުކޮށްފި އެވެ.
ލަންކާގައި ކުޅުނު މެޗުގައި ފުރަތަމަ ބެޓްކުރީ އިންޑިޔާއިންނެވެ. 48.5 އޯވަރުގެ ތެރޭގައި އެ ގައުމުން ވަނީ 266 ލަނޑު ހަދައިފަ އެވެ. އިޝާން ކިޝާން 82 ލަނޑު ހެދިއިރު ހަރަދިކް ޕަންޑްޔާ 87 ލަނޑު ޖެހި އެވެ. އަދި ޕާކިސްތާނުގެ ޝާހީން އަފްރީދީ ހަތަރު ވިކެޓްނެގި އެވެ.
ނަމަވެސް އިންޓަވަލަށް ފަހު އަލުން ކުޅެން ފަށަން ތައްޔާރުވިތަނާ ވާރޭ ވެހި ހުއްޓާނުލައި ދިގުދެމިގެންދިއުމުން މެޗު ވަނީ ހުއްޓާލައިފަ އެވެ.
ޕާކިސްތާން ގަދަ ހަތަރަކަށް ދިޔައިރު ނޭޕާލާއެކު ކުޅެންޖެހޭ މެޗުން ބަލިނުވެއްޖެނަމަ އިންޑިޔާ ވެސް ގަދަ ހަތަރަކަށްދާނެ އެވެ.
ގަރަ ހަތަރެއްގައި ކުޅެންޖެހޭ ފުރެތަމަ މެޗަކަށްވާނީ ބަންގްލަދޭޝް ނުވަތަ އަފްޣާނިސްތާނާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅެންޖެހޭ މެޗެވެ.
ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ސްރީލަންކާ އެވެ. އެއީ ބަންގްލަދޭޝްއާ ވާދަކޮށެވެ. ލަންކާއިން މެޗު ކާމިޔާބުކުރީ 39 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 165 ލަނޑު ހަދައިގެންނެވެ. 42 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ބަންގަލްދޭޝް އަށް ހެދުނީ 164 ލަނޑެވެ.