ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 17:56
ފްރާންސްގެ ސްކޫލްތަކަށް އަބާޔާ ލައިގެން ނުދެވޭގޮތަށް ހަދަން ނިންމައި، އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އެކަން އިއުލާނުކުރައްވާފައި
ފްރާންސްގެ ސްކޫލްތަކަށް އަބާޔާ ލައިގެން ނުދެވޭގޮތަށް ހަދަން ނިންމައި، އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އެކަން އިއުލާނުކުރައްވާފައި
ރޮއިޓާސް
ފްރާންސްގެ ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ފްރާންސްގެ ސްކޫލްތަކަށް އަބާޔާ ލައިގެން ދިއުން މަނާކޮށްފި
 
ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު މިކަން އިއުލާނުކުރައްވާފައިވަނީ އާދިއްތަ ދުވަހު
 
އޭނާ މިކަން އިއުލާނުކުރެއްވީ އެގައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި
 
މިނިސްޓަރު ވަނީ، ކުއްޖާ ފެނުމާއެކު އެއީ ކޮން ދީނެއްގެ ކުއްޖެއްކަން އެނގެން ނުޖެހޭކަމަށް ވިދާޅުވެފައި

ފްރާންސްގެ ސްކޫލްތަކަށް އަބާޔާ ލައިގެން ނުދެވޭގޮތަށް ހަދަން ނިންމައިފިއެވެ.

ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ, އެގައުމުގެ ސަރުކާރުގެ ސްކޫލްތަކަށް ކިޔަވަންދާ ދަރިވަރުންނަށް އަބާޔާ ލުން މަނާކުރަން ނިންމާފައިވާކަމަށް، އާދިއްތަ ދުވަހު އިއުލާނުކުރައްވާފައެވެ. ފްރާންސްގެ މިނިސްޓަރު މިކަން އިއުލާނުކުރައްވާފައި ވަނީ އެގައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވަނީ ކުދިން ސްކޫލަށް ވަންނައިރު، އެކުއްޖާ ފެނުމާއެކު އެއީ ކޮން ދީނެއްގެ ކުއްޖެއްކަން އެނގެން ނުޖެހޭކަމަށް ވިދާޅުވެފައެވެ.

2004 ވަނަ އަހަރު ފްރާންސުން ވަނީ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފައެވެ. އަދި 2010 ވަނަ އަހަރު އެގައުމުން ވަނީ އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުންވެސް މަނާކޮށްފައެވެ.

2022 ވަނަ އަހަރު ފްރާންސުން ވަނީ ކުޅިވަރު މުބާރާތްތަކުގައި ބުރުގާ އެޅުންވެސް މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް