ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 10:20
ބަނގްލަދޭޝްގެ ކުޅުންތެރިން: ޓީމް ނަގާނެ ގޮތެއް ނުނިންމާ
ބަނގްލަދޭޝްގެ ކުޅުންތެރިން: ޓީމް ނަގާނެ ގޮތެއް ނުނިންމާ
ގޫގުލް
އޭޝިއާ ކަޕް
ބަންގްލަދޭޝްގައި ބެޓްސްމަނުން ހިމަނާނެ އަދަދު ފައިނަލް ނުކުރެވިފައި
ބަންގްލަދޭޝް ޓީމުގެ 11ގައި ދެ އޯލްރައުންޑަރުން އެބަތިބި

އަންނަ ބުރާސްފަތި ދުވަހު ފަށާ އޭޝިޔާ ކަޕުގައި ބަންގްލަދޭޝް އަށް ފުރަތަމަ 11ގައި ހަތެއް ނުވަތަ އަށް ބެޓްސްމަނުން ހިމަނައިގެން ކާމިޔާބު ހޯދިދާނެ ކަމަށް އެ ގައުމުން ދެކެން ފަށައިފި އެވެ.

ބަންގްލަދޭޝް ޓީމުގެ 11ގައި ދެ އޯލްރައުންޑަރުން އެބަތިއްބެވެ. އެއީ ޝަބީން އަލް ހަސަން އާއި މެހިދީ ހަސަން މިރާޒެވެ. މި ދެ ކުޅުންތެރިންނާއެކު ދެން ހިމަނާނީ ބޯލަރެއްތޯ ނުވަތަ ބެޓްސްމަނެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ކުރީގެ ކެޕްޓަން ތަމީމް އިގްބާލް ދެކޭގޮތުގައި ޓީމުގައި އިތުރު ބޯލަރެއް ހިމަނައިފިނަމަ އެޓޭކް ވަރުގަދަވާނެ އެވެ. އެކަމަކު އަށް ބެޓްސްމަނުން ހިމައިނައިފިނަމަ ގިނަ ލަނޑުތަކެއް ހެދިދާނެ ކަމަށް އޭނާ ދެކެ އެވެ.

ފަހަކަށް އައިސް ކުޅުނު ގިނަ މެޗުތަކުގައި ބަންގްލަދޭޝްއިން ޓީމު ހަމަކުރުމަށް ހިމަނާފައިވަނީ ބޯލަރެއްގެ ބަދަލުގައި ބެޓްސްމަނަކު ލައްވަ އެވެ. ބަންގްލަދޭޝް ވަނީ އިންޑިޔާ އާއި އިންގްލޭންޑް އަދި އަފްޣާނިސްތާނާއެކު އަށް ބެޓްސްމަނުން ހިމަނައިގެން ކާމިޔާބު ހޯދައިފަ އެވެ. މިހެންވެ އޭޝިޔާ ކަޕުގައި ވެސް އަށް ބެޓްސްމަނުން 11ގައި ހިމެނުމަކީ ކޯޗުގެ ވިސްނުމެވެ.

މެހްދީ ބުނީ ހަތް ބެޓްސްމަނުން ހިމަނައިގެން ކުޅުވާނަމަ އެއީ ބެޓްސްމަނުންގެ ޒިންމާ އިތުރުކުރުން ކަމަށާއި އަށް ވަނަ ބެޓްސްމަނެއް ހިމަނައިފިނަމަ ތަފާތު ވިސްނުންތަކެއް ގެންގުޅެވިދާނެ ކަމަށެވެ.

ޕާކިސްތާނާއި ލަންކާގައި ކުޅޭ އޭޝިއާކަޕުގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗު އޮންނާނީ އާދިއްތަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށެވެ.

- ކޮމެންޓް