ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 07:23
ވިސްތާރާގެ ބޯޓުތަކެއް
ވިސްތާރާގެ ބޯޓުތަކެއް
ވިސްތާރާ
ވިސްތާރާއިން ރާއްޖެއަށް ދަތުރުފެށުން
ވިސްތާރާއިން ރާއްޖެއާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
 
ޑެއިލީ ދަތުރުތައް ކުރާނެ
 
މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ނިއޯ ބޯޓުތައް

އިންޑިއާގެ ފުލް ސަރވިސް ކެރިއަރ ކަމަށްވާ ވިސްތާރާ އިން ރާއްޖެއާއި އެ ޤައުމުގެ ވެރިރަށް ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެ އެއަރލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ދުވާލަކު އެއް ދަތުރު ކުރުމަށް ނިންމާފައިވާއިރު މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ނިއޯ ބޯޓުތަކެވެ.

ވިސްތާރާ އިން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެ އެއާލައިނުން މިހާރު ދަތުރު ކުރަނީ އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދުގައެވެ.

އެ އެއަރލައިނުގެ ސީއީއޯ ވިނޯދު ކަންނާން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އާއި ރާއްޖެ ދެވަނަ ރޫޓަކުން ގުޅާލުމަކީ ވިސްތާރާގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށެވެ.

ވިސްތާރާއިން އިއުލާންކޮށްފައިވާ ގޮތުގައި ރާއްޖެއާއި ދިއްލީއާ ދެމެދު ކުރާ ދަތުރުތަކުގައި ދެކޮޅު ޓިކެޓު ފެށޭ އަގަކީ 5099ރ. އެވެ. އެއީ އިކޮނޮމީ ކްލާހުގެ އަގެވެ. ޕްރިމިއަމް އިކޮނޮމީގައި ދެކޮޅު ޓިކެޓެއްގެ އަގު 6،599ރ. އަށް އުޅޭއިރު ބިޒްނަސް ކްލާހުގައި ދެކޮޅުގެ ޓިކެޓުގެ އަގު އުޅެނީ 14،799ރ. އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް