Advertisement
ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 13:19
އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގެ ތެރެއިން
އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
މަޖިލިސް ޖަލްސާ
މަޖިލީހުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ
މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހު
ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ށެވެ.

ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement

އެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާކުރިއެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންގެ ތެރެއިން އެކަން މަޖިލީހަށް އަންގަވާފައި ވަނީ މަދު މެންބަރުންތަކެއް ކަމަށް ވިދާޅުވެ، އިތުރު މެންބަރުންނަށް ދަ ޑިމޮކްރެޓްސް އާއި ގުޅުނުކަން އެންގުމަށް ފުުރުސަތުދެއްވާފައެވެ. އެއާއެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަނެއްކާވެސް ލަސްވެ މެންބަރުން އެކަމާއި ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ޖަލްސާ ނިންމަވާލެއްވީއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް