ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 07:16
އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު
އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު
އަހުމަދު މުހުސިނު
އަދާލަތުގެ ކުލަ ގަވައިދާއި ޚިލާފަށް ބޭނުންކުރުން
މުއިއްޒުގެ ކެމްޕެއިނަށް އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާތީ އެ ޕާޓީން އެކަން ކުށްވެރިކޮށްފި
އަދާލަތުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައި
މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް އޭނާ ވަނީ ގޮވާލައްވާފައި
ނަޒީރު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާތީ އެ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އެކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ އޭނާ ވިދާޅުވީ މިކަމަކީ އިންތިޚާބާ ބެހޭ އާންމު ޤާނޫނުގެ ދަށުން މަނާކަމެއްކަމަށެވެ.

އެހެންކަމުން މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޢަލީ ނަޒީރު އެފަދައިން ވިދާޅުވެފައި މި ވަނީ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ފެހި ޓީޝާޓުގައި ފުވައްމުލަކުން ބަޔަކު ނުކުމެފައި ވަނިކޮށެވެ.

އަދާލަތުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް