ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 07:12
ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުން
ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުން
ޑރ.މައުސޫމް އެމްޑީޕީ އަށް
ޓުއަރިޒަމް މިނިސްޓަރު ޑރ.މައުސޫމް އެމްޑީޕީ އަށް
 
ޑރ.މައުސޫމް މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި
 
އެމަނިކުފާނު ޖޭޕީން ވަކިވެވަޑައިގަންނެވީ މިމަހުގެ 7 ވަނަ ދުވަހު
 
ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން އެމްޑީޕީ އަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވަނީ ހާމަކުރައްވާފައި

ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިނިސްޓަރު މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޑރ. މައުސޫމްގެ މެންބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުއެވެ.

ޑރ.މައުސޫމް މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގަންނެވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާކަން އެމްޑީޕީ އަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު މައުސޫމް ވަނީ ހާމަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް