ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 22:56
މައިސާ ޕޮއިންޓް ހޯދުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އެމްއޯސީ/ޝާބިން
މައިސާ ޕޮއިންޓް ހޯދުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އެމްއޯސީ/ޝާބިން
އެމްއޯސީ
އައިއޯއައިޖީ
އެންމެ ފަހުގެ ޗެމްޕިއަން، ރީޔޫނިއަން އަތުން އަންހެން ބެޑްމިންޓަން ޓީމް މޮޅު
މެޗު ކާމިޔާބުކުރީ 4-1ން

2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމް އިވެންޓްގައި ބެޑްމިންޓަން ޓީމަށް ރަން މެޑަލް ގެއްލުމުގައި ހުރަހަކަށްވި ރީޔޫނިއަން ބަލިކޮށް ރާއްޖޭގެ ޓީމުން އުއްމީދޫ ފެށުމެއް ހޯދައިފިއެވެ.

ފުރަތަމަ މެޗުގައި ރާއްޖެއިން ރީޔޫނިއަން ބަލިކުރީ 5-0ންނެވެ. މެޗުގައި ރާއްޖޭގެ ޓީމަށް ގެއްލުނީ އެންމެ ސެޓެކެވެ. ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ނިކުމެ ސީދާ ދެ ސެޓުން ބަލިކުރީ އެސްޓެލެ ލެޕާލާއެވެ. އެއީ 21-13, 21-10ންނެވެ. ދެވަނަ ސިންގަލްސްގައި އާމިނަތު ނަބީހާ ވަނީ ސީދާ ދެ ސެޓުން މަރީނާ ބިއެއްލެ ބަލިކޮށްފައެވެ. ސެޓްތައް ގެންދިޔައީ 21-14, 21-14ންނެވެ. ތިންވަނަ ސިންގަލްސްއަށް ނިކުތީ މައިސާ ފަތުހުﷲ އިސްމާއީލެވެ. އެމިލީ ގުރޮންޑިން އަތުން މޮޅުވީ ފަސޭހަ ކަމާއެކުއެވެ. އެއީ 21-6, 21-13ންނެވެ.

އައިއޯއައިޖީ ބެޑްމިންޓަން އަންހެން ޓީމް އިވެންޓްގެ މެޗެއްގެ ތެރެއިން: ފޮޓޯ-އެމްއޯސީ/ޝާބިން - އެމްއޯސީ

ޑަބަލްސްގައި ނަބާހާއާއި ނަބީހާ ފުރަތަމަ ނިކުމެ ލީ ހޯއާއި ވާޖިނީ ޓެސާން 21-5, 21-12އިން ބަލިކޮށްފައެވެ. ޑަބަލްސްގައި މައިސާ ނިކުތީ އާއިޝަތު އަފްނާން ރަޝީދުއާ އެކުއެވެ. މެޗު ރީޔޫނިއަން ޕެއާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. އެއީ 24-22, 15-21 އަދި 21-09ންނެވެ.

އާދިއްތަ ދުވަހުގެ މެޗުތަކަށްފަހު އަންހެން ޓީމަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަންހެން ޓީމްގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ އުސޫލުންނެވެ.

- ކޮމެންޓް