ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 07:20
ރައީސް ޞާލިހުގެ ރަނިންމޭޓް، މެމްބަރު އަސްލަމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޞާލިހުގެ ރަނިންމޭޓް، މެމްބަރު އަސްލަމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ކުރިމަގު
"އެމްޑީޕީ އެކެއްގެ ފަހަތުން ނުދުވާނެ، މިއީ ރޫޅޭގޮތަށް އޮތް ޕާޓީއެއް ނޫން"
އަސްލަމް ވިދާޅުވީ، އެމްޑީޕީ އަކީ އެހާ ފަސޭހައިން ރޫޅޭނެ ޕާޓީ އެއް ނޫން ކަމަށް
އެމްޑީޕީ އަކީ އެކެއްގެ ފަހަތުން ދުވާ ގޮތަށް އުފެދިގެން އައި ޕާޓީ އެއްވެސް ނޫން ކަމަށް އަސްލަމް ވިދާޅުވި
އަސްލަމް ވަނީ އެމްޑީޕީ އަކީ އެންމެންނަށް ޖާގަ ދެއްވުމަށް ހުޅުވާލާފައިވާ ޕާޓިއެއް ކަަމަށް ސިފަކުރައްވާފަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެކެއްގެ ފަހަތުން ނުދުވާނެ ކަމަށާއި މިއީ ރޫޅޭގޮތަށް އޮތް ޕާޓީއެއް ނޫން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީ އަކީ އެހާ ފަސޭހައިން ރޫޅޭނެ ޕާޓީ އެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަކީ އެކެއްގެ ފަހަތުން ދުވާ ގޮތަށް އުފެދިގެން އައި ޕާޓީ އެއްވެސް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެންމެ މީހަކު ނުކުމެ ގޮވާލިއަސް ޕާޓީ ނުރޫޅޭނެ ކަމަށް އަސްލަން ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ފެންނަ މަންޒަރަކީ މި ޕާޓީ އިތުރަށް ވަރުގަދަވެގެންދާ މަންޒަރުކަމަށެވެ. އެގޮތުން އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މަންޒަރު ފެނިގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގައި ތިބީ ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީގައި ރަނގަޅަށް މަސައްކަތް ކުރާ ނަމަ ކޮންމެ މީހަކަށް ވެސް ކުރިއަށް އެރޭނެ ކަަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރާނަމަ ޕާޓީގެ ޗެއަރޕަރސަން އާއި ހަމައަށް ވެސް ދެވިދާނެ ކަމަށެވެ. އަސްލަމް ވަނީ އެމްޑީޕީ އަކީ އެންމެންނަށް ޖާގަ ދެއްވުމަށް ހުޅުވާލާފައިވާ ޕާޓިއެއް ކަަމަށް ސިފަކުރައްވާފައެވެ.

މީގެ އިތުރުން ދޮގާ ފިތުނަ ނުފަތުރާ ތަރައްޤީ އަށް އިސްކަންދިނުމަށް އަސްލަމް އިލްތިމާސްކުރެއްވިއެވެ. އަސްލަމް ވަނީ އެމްޑީޕީގެ މެނިފެސްޓޯ އަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވައުދުތަކައި ސިޔާސަތުތަކަށް ބަލާލާ އިރު އެއީ ކޮންމެ ދިމާލަކުން ވެސް ރާއްޖެ އަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަންކަން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް