Advertisement
ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 19:00
ޕީސީބީގެ އެކްޝަން ޕްލޭން ތައާރަފްކުރުން
ޕީސީބީގެ އެކްޝަން ޕްލޭން ތައާރަފްކުރުން
ކުންފުނިތަކުގެ ހިންގުން
"ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތައް ލިބި ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ"
ނިޔާޒީ ވިދާޅުވީ، މި އެކްޝަން ޕްލޭންގެ އަލީގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް
އެންމެން އެކުވެގެން ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ ކަމަށް ނިޔާޒީ ވަނީ ވިދާޅުވެފަ
ގުޑްގަވަނޭންސް އާއި ފައިނޭންޝަލް އޮޑިޓިން ވަނީ ގުޅިފައި ކަމަށް އޭނާ ވިދާޅުވި

ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތައް ލިބި ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ މިހެން ވިދާޅުވެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރިޕޯޓްތައް ރިވިއުކޮށް ނިމުމުން ކުންފުނިތަކާއި ޕީސީބީގެ ހިންގުން ހަރުދަނާކުރުމަށް ރަނގަޅު ރެކޮމެންޑޭޝަންތަކެއް ލިބިގެންދާނެ ކަަމަށް ބެލެވޭ ކަމަށެވެ. ގުޑްގަވަނޭންސް އާއި ފައިނޭންޝަލް އޮޑިޓިން ވަނީ ގުޅިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޯޑު ލެވެލް އާއި ކޮމިޓީ ލެވެލްގައި ކުންފުނިތަކުގައި ފަންނީ މީހުން ތިބުން މުހިންމު ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން އެންމެން އެކުވެގެން ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ ކަމަށް ނިޔާޒީ ވަނީ ވިދާޅުވެފައެވެ.

Advertisement

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކައި އެކްސްޓަރނަލް އޮޑިޓިންގެ މަސައްކަތްތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އެކްސްޓަރނަލް އޮޑިޓަރުންގެ ޒިންމާތަކުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއްތޯ ބެލުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އޮޑިޓަރުންގެ ނަޒަރުން އެކަން ދެކޭ ގޮތާއި، ފްރޯޑް ރިސްކް ދެނެގަނެވިފައިވާ މިންވަރާއި އެކަންކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ބެލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް ޕީސީބީން ކަނޑައަޅާ ޕްރޮކިއުމެންޓް ގައިޑްލައިނާއި، ކޯޕަރޭޓިވް ގަވަނަންސް ކޯޑަށް ބޯލަނބާފައިވާ މިންވަރު ވެސް ބެލުމަކީ ކުންފުނި ހިންގުން ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށް ނިޔާޒީ ވަނީ ވިދާޅުވެފައެވެ.

ނިޔާޒީ ވިދާޅުވީ، މި އެކްޝަން ޕްލޭންގެ އަލީގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެ ސްޓްރެޓީޖިކް ޕްލޭނަކީ ޕީސީބީގެ މަސައްކަތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަނަންސް އެއް އަމާޒަކަށް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. އެފަދަ ޕްލޭނެއް އެކުލަވާލުމަކީ އުފާވެރި ކަމެއްކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވީ އެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލްކުރެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތްތަކުގެ އަލީގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް