Advertisement
ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 23:52
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ
އެމްޑީޕީ
ރާއްޖޭގެ އިގްތިސާދު ފުޅާކުރުން
އިގްތިސާދީ މައިތަނބު ނުވެއްޓޭނެ ހުރިހާ ގޮތަކަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ސިޔާމް
އަސާސީ ޚިދުމަތްތައް ދޭ ކުންފުނިތަކުން ދޭ ވަޒީފާތައް އިތުރުކުރަން ޖެހޭ
މިފަދަ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ހޯދުމަށް ދެވަނަ ދައުރަކަށް ރައީސް ސާލިހު އިންތިޚާބު ކުރަންޖެހޭ

ރާއްޖޭގެ އިގްތިސާދީ މައިތަނބު ނުވެއްޓޭނެ ހުރިހާ ގޮތަކަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެންމެ މުހިންމު ތަނބު ނުވެއްޓޭނެ ގޮތަކަށް މިސަރުކާރުން ހިފަހައްޓަމުންދާ ކަމަށެވެ. އަދި އެކި ދިމާދިމާލުގައި ކައްޗަށް، އަރިއަށް ވެސް ތަނބު ޖަހާ އެމައިތަނބު ހިފަހައްޓާ ކަމަށާއި، އެމަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement

ވާދަވެރިންނަށް އިޝާރަތްކުރައްވައި ސިޔާމް ވިދާޅުވީ ފެނަކައިން ސްޓެލްކޯ ފަދަ ކުންފުނިތަކުން މާގިނަ ވަޒީފާތައް ރައްޔިތުންނަށް ދެމުންދާކަމަށް ބުނާ ކަމަށެވެ. ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، އަސާސީ ޚިދުމަތްތައް ދޭ މިފަދަ ކުންފުނިތަކުން ދޭ ވަޒީފާތައް އިތުރުކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މިސަރުކާރުން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު މިއީ މިއަދާ ހަމައަށް އެ ގެންދެވަނީ ސްޓެލްކޯގައި ވެސް އަދި ސަރުކާރުގެ އެހެނިހެން ކުންފުނިތަކުގައި ވެސް މިފަދަ އަސާސީ ޚިދުމަތް ދޭ ކުންފުނިތަކުގައި ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވަމުންދޭ. އެ މުވައްޒަފުންނަށް ހަގީގަތުގައި ފެން އެއީ އަސާސީ ޚިދުމަތެއް. އެ ފެން ރަނގަޅަށް ދިނުމަށްޓަކައި އަދި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި އަދި ނަރުދަނާ ފުރިހަމައަށް ދިނުމަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެ ކަމާއި މެދު ޝައްކަތްނެތް. އަޅުގަނޑަށް އަދިވެސް މިކުފުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދު. އަޅުގަނޑު އިއްޒަތްތެރި ރައީސް ގާތުގައި އެދެނީ މިއަސާސީ ޚިދުމަތްދޭ ކުންފުނިތަކުގެ މުވައްޒަފުންގެ މިހާރަށް ވުރެ އެއްގުނަ އިތުރަށް ޖައްސައިދިނުމަށް.
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް

ސިޔާމް ވިދާޅުވީ ޔޫރަޕް، އޭޝިޔާ އަދި އެފްރިކާއިން ކުރިއަރާފައިވާ ގައުމުތަކުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެނީ ވަރަށް ކުޑަ އަގެއް ކަމަށެވެ. އެގައުމުތަކުގެ ރައްޔިތުން މުސާރައިން 5 އިންސައްތަ ވެސް ހަރަދުކުރަން ނުޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި 2018ގެ ކުރިން މިފަދަ ޚިދުމަތްތައް ރަނގަޅަށް ނުދެވޭތަނުގައި ބިލް ދެއްކުމަށް ބުރައަކަށް ވެފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ. މިފަދަ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ހޯދުމަށް ދެވަނަ ދައުރަކަށް ރައީސް ޞާލިހު އިންތިޚާބު ކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް