Advertisement
ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 14:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކިހާދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކިހާދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކިހާދޫގެ ތަރައްޤީ
ސިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކޮށް 24 ގަޑިއިރަށް ބަދަލުކޮށް ކިހާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ސްކޫލަށް ބޭނުންވާާ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބް ސްކޫލަށް އިތުރުކުރެވިގެންދާނެ
ސްވިމިންގ ޓްރެކެއް އަޅައިދެއްވާނެ

ސިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކޮށް 24 ގަޑިއިރަށް ބަދަލުކޮށް ބ. ކިހާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާއަށް ވަޑައިގެން ކިހާދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވާއިރު ކިހާދޫއަށް ކޮށްދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކި ރަށްރަށަށް ކޮށްދޭންޖެހޭ ކަންތައްތައް ހޯއްދަވާ، އެކަންކުރެވޭނެ ގޮތްތައް މިހާރުވެސް ބައްލަވަމުން ގެންދަވާކަމަށާއި، އެގޮތުން ކިހާދޫގެ ހެލްތު ސެންޓަރުގެ 16 ގަޑިއިރުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް 24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާާ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބް ސްކޫލަށް އިތުރުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މީގ އިތުރުން ފަޅުފުންކޮށް އިތުރު މަސައްކަތް ކުރާ އިރު ސްވިމިންގ ޓްރެކެއް އަޅައިދެއްވާނެ ކަމަށާއި، އިންޖީނުގެ މިހާރު ހުރިތަނުން އައު ތަނަކަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެޓީއެމް ފެސިލިޓީއެއް ގާއިމްކޮށް ފުޓްސަލް ދަނޑު ބޮޑުކޮށް ބޮޑު ދަނޑަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުން ތަރައްޤީއަށްޓަކައި ކިޔާފައި ކުދި އާބާދީތައް ޚިދުމަތްތަކުން މަހްރޫމްކޮށް، ހަމައެކަނި ވަކިވަކި ތަންތަނަށް އަމާޒުކޮށްގެން ޕްރޮޖެކްޓް ހިންގައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޖެއަށް ބޭނުންވި ތަރައްޤީ ނައިސް، އޭގެ ސަބަބުން އިގްތިސާދީގޮތުން ލިބެން އޮތް ފައިދާ ހެޔޮގޮތުގައި ބޭނުން ނުކުރެވި ގޮސްފައިވާ ކަމަށެވެ.

ދުރަތީގޮތުން އަޅުގަނޑުމެންނަށް ލިބައިހުރި ބޭނުންކުރެވޭނެ އެތައް ރިސޯސްއެއް އޭގެ ރަނގަޅުގޮތުގައި ނުކުރެވި ދިޔައުން. މިއަދު ގެނެވޭ ބަދަލާއެކީގައި ރާއްޖެ ތަރައްގީ ކުރުމަށް، ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް، ހަމަހަމަކޮށް ކޮށްދޭ ކަންތައްތަކެއްގެ ނަތީޖާއަކަށް ވެގެންދާނީ ހިތަށްނާރާ ވަރުގެ ބޮޑު ބަދަލެއް. ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް ފުރިހަމަވުމާއެކު ރައްޔިތުންގެ ވިސްނުން ބަދަލުވެގެންދާނެ. ދެން ބޭނުންވާ ކަންކަމަށް ސިކުޑި ހުޅުވިގެންދާނެ. މިހާރު މިކުރާ މަަސައްކަތް ނިމުމާއެކު މާބޮޑަށް ވިސްނާކަށް ނުޖެހޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު

ރައީސް ވިދާޅުވީ މިހިސާބަށް އައި އިރުގައި ވޭތުވެދިޔަ ސަރުކާރުތަކުގައި ކިހާދޫއާ ދޭތެރޭގައި ވަރަށް ބޮޑަށް އިހުމާލުވެފައި އެބަ އޮތް ކަމަށެވެ. އަދި މިހާރު އޮތް ބަނދަރަކީ މިހާތަނަށް ސަރުކާރަކުން އެޅި ފުރަތަމަ ބަނދަރު ކަމަށާއި، މިއަދު ސިޔާސަތުތައް ބަދަލުކޮށް ލަފާފުރުން ދަތި ހުރިހާ ރަށެއްގެ ހައްލުކޮށްދީ ކަރަންޓް ރަނގަޅަށް ފޯރުކޮށްދީ ސިއްޙީ ޚިދުމަތް ރަނގަޅުކޮށްދީ ދަރިންނަށް ތައުލީމް ހޯދާ މިދެނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް