ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 19:33
އޮންބޯޑް.އެމްވީ ވެބްސައިޓް
އޮންބޯޑް.އެމްވީ ވެބްސައިޓް
ގޫގުލް
އޮންބޯޑް.އެމްވީ
އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި
ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް
ހިދުމަތް ދޭ ފަރާތްތަކަށް ހިލޭ ރަޖިސްޓްރީކޮށް މައުލޫމާތު ހުށައެޅޭނެ
މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދުއްވާ ފެރީތަކުގެ މައުލޫމާތު ލިބެން ހުންނާނެ

އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ރަސްމީކޮށް އާންމުނަށް ހުޅުވާލައިފިއެވެ.

 

މި ހިދުމަތް ބޭނުން ކޮށްގެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން އުޅަނދު ކުއްޔަށް ނަގަން (ޗާޓަރު) ބޭނުންވާ ފަރާތްތަކަށް ދަތުރުގެ ރިކުއެސްޓް އޮފަރޭޓަރުންނަށް ފޮނުވާ އަގު ހޯދާ ދަތުރު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

އޮންބޯޑް.އެމްވީން މި ހިދުމަތް އާންމުނަށް މި ފޯރުކޮށްދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރު ކުރާ އޮޕަރޭޓަރުންގެ އެހީއާއެކުގައެވެ. އަދި މީގެ އިތުރުންވެސް އޮންބޯޑް.އެމްވީ މެދުވެރިކޮށް ދަތުރު ނަންގަވަން ބޭނުންފުޅުވާ ހަމަ ކޮންމެ އޮޕަރޭޓަރަކަށްވެސް ހިލޭ މި ވެބްސައިޓްގައި ރެޖިސްޓަރ ކުރައްވައިގެން ދަތުރު ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

އޮންބޯޑް.އެމްވީ އަކީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށް، ޖޫން މަހުގެ 18ވަނަ ދުވަހު އާންމުނަށް ހުޅުވާލި ވެބްސައިޓެކެވެ.

 

މިވެބްސައިޓްގައި މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދުއްވާ ފެރީތަކުގެ މައުލޫމާތު ފުރިހަމައަށް ލިބެން ހުންނާނެ ކަމަށް އޮންބޯޑް އެމްވީން މައުލޫތުދިނެވެ.

 

ފެރީ ނުވަތަ ގަވައިދުން ދަތުރުކުރާއިރު ޖައްސާ ރަށްތަކާއި، ދަތުރުކުރާ ދުވަސްތައް، އަގު އަދި އޮޕަރޭޓް ކުރާ ފަރާތަށް ގުޅާނެ ގޮތުގެ މައުލޫމާތު ލިބެންހުންނާނެއެވެ.

 

މި މައުލޫމާތުތައް އާންމުންނަށް ގެނެސްދެނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއްގައި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދުއްވާ އަމިއްލަ ފެރީތަކާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް