ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 13:13
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ
ރާއްޖެއެމްވީ
މަޖިލީހުގެ ޖަލްސާ
ތިންވަނަ ދައުރުގެ ޖަލްސާ މާދަމާ، އެޖެންޑާގައި އޮތީ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލު
މަޖިލީހުގެ މުހިއްމު މަސައްކަތްތައް މިހާރުވެސް ހުރީ މަޑުޖެހިފައި
ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00ށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުން މަޖިލީހުން ވަނީ މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެންމެ ކަމެއް ހިމަނާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.

ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ށެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނީ 22 ޖޫން 2023 ވީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލީ، މަޖިލީހުގައި މަސައްކަތްތައް ނުނިމި ހުރުމާއެކު ދައުރު ދިގުދަންމާލުމަށް މެމްބަރުން އެދިވަޑައިގަންނަވަމުން ދަނިކޮށެވެ. އެގޮތުން އެ ދުވަހުގެ ޖަލްސާގައިވެސް މެމްބަރުން ގެންދެވީ، ކުރަން ހުރި މަސައްކަތްތައް ނުނިންމައި ޗުއްޓީއަށް ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ 03 ޖުލައި 2023 ވީ ހޯމަ ދުވަހުގެ ހެނދުނެވެ. އަދި އެދުވަހުގެ ޖަލްސާ ވެސް 3 މިނެޓުގެ ތެރޭގައި ނިންމާލިއެވެ.

އަދި ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާ 10 ޖުލައިގައި ދުވަހު ކުރިއަށް ގެންގޮސް، ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު އެންމެ ފާސްކޮށްފައިވެއެވެ. މި ދެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މެންބަރު ޙަސަން އަފީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް