ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 19:27
އެކައުންޓިންގ ދާއިރާއަަށް "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފަށައިފި
އެކައުންޓިންގ ދާއިރާއަަށް "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފަށައިފި
ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް
300 ބައިވެރިންނާއެކު، އެކައުންޓިންގ ދާއިރާއަަށް "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް 2023" ފަށައިފި
ފޯރަމް ކުރިއަށްދާނީ އޯގަސްޓް 19އިން 20ށް
ކައުންޓިންގ އަދި އޮޑިޓްގެ ސްޓޭންޑަޑްތަކާއި އެންމެ ފަހުގެ އަޕްޑޭޓްތަކުގެ މައުލޫމާތު ހިއްސާކުރާނެ

ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފަށައިފިއެވެ.

300 ބައިވެރިންނާއެކު ހޮނިހިރު ދުވަހު ފެށި މި ފޯރަމް ކުރިއަށްދަނީ ސަލްމާން މިސްކިތުގައެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް, ސީއޭ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 19އިން 20ށެވެ.

މި ފަހަރުގެ ފޯރަމް ކުރިއަށްދަނީ ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންސްޓްސް (ސަފާ)ގެ ބައިވެރިވުމާ އެކުގައެވެ. އެކައުންޓެންޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފަންނީ ފޯރަމްގެ މަގްސަދަކީ، ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން އެކައުންޓިންގ އަދި އޮޑިޓްގެ އައު ސްޓޭންޑަޑްތަކާއި އެންމެފަހުގެ އަޕްޑޭޓްތަކުގެ މައުލޫމާތު ދިނުމެވެ. 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ފޯރަމްގެ އަލީގައި، އެކައުންޓިން ދާއިރާގެ ސްޓޭންޑަޑްތައް ފަދަ ފަންނީ މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ފޯރަމްގެ އަލީގައި، ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން މީހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ހަމައެހެންމެ އެކައުންޓިންގ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބާރަކަށް ވެގެންދެއެވެ. މި ފޯރަމްގައި، ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރުން މައުލޫމާތު ހިއްސާކުރައްވާނެއެވެ.

- ކޮމެންޓް