ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 19:44
އެކައުންޓިންގ ދާއިރާއަަށް "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފަށައިފި
އެކައުންޓިންގ ދާއިރާއަަށް "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފަށައިފި
ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް
ރާއްޖޭގައި މިހާރު 300އަށްވުރެ ގިނަ އެކައުންޓެންޓުން އެބަތިބި، މިއީ ފަޚުރުވެރި ކާމިޔާބެއް - ނިޔާޒީ
ނިޔާޒީ ވަނީ، އެ ދާއިރާ ކުރިއެރުވޭނީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތައް ގުޅިގެންކަަމަށް ވިދާޅުވެފައި
ސަފާ މީޓިންގ ކުރިން ބޭއްވިއިރު ރާއްޖޭގައި ހުރީ 3 އޮޑިޓް ފަރމް ކަމަށާއި، މިހާރު އޮޑިޓްކުރާ 34 އޮޑިޓް ޕްރެކްޓިސް ކުރިއަށްދާ ކަމަށް ނިޔާޒީ ވިދާޅުވި
އެކައުންޓިންގ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް ނިޔާޒީ ވިދާޅުވި

ރާއްޖޭގައި މިހާރު 300އަށްވުރެ ގިނަ އެކައުންޓެންޓުން އެބަތިބި ކަމަށާއި، މިއީ ފަޚުރުވެރި ކާމިޔާބެއް ކަމަށް، އޮޑިޓަރ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ އެފަދައިން ވިދާޅުވީ "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނިޔާޒީ ވަނީ އެކައުންޓިންގ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އެގޮތުން 2007ން 2014ށް ރާއްޖޭގެ އެކައުންޓިންގ ދާއިރާ އޮތް ގޮތަށް ނިޔާޒީ އަލިއަޅުއްވާލެއްވިއެވެ. އެ ދުވަސްވަރު އޮޑިޓް އޮފީހުން ރާއްޖޭގައި ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންސްޓްސް (ސަފާ) ބައްދަލުވުންތައް ބޭއްވިއިރު، ރާއްޖޭގައި ތިބީ އިނގިލިން ގުނާލެވޭހާ މަދު އަދަދެއްގެ ޕްރޮފެޝަނަލް އެކައުންޓެންޓުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ތިބި އެކައުންޓެންޓުންގެ އަދަދު 300އަށް އަރާކަމަށް ނިޔާޒީ ވަނީ ވިދާޅުވެފައެވެ. އޭރު ރާއްޖޭގައި ހުރީ 3 އޮޑިޓް ފަރމްކަމަށާއި މިހާރު އޮޑިޓްކުރާ 34 އޮޑިޓް ޕްރެކްޓިސް ކުރިއަށްދާކަމަށް ނިޔާޒީ ވިދާޅުވިއެވެ.

Advertisement

އެކައުންޓެންސީ ކުރިއެރުވުމަށް މިހާރު ގާނޫނީގޮތުން އިތުރަށް ފުރުސަތު ލިބި، އެ ދާއިރާއިން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ސްޓޭކްހޯލްޑަރުން ކުރާ މަަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ނިޔާޒީ ޝުކުރު އަދާކުރެއްވިއެވެ. 2020 ވަނަ އަހަރު ފާސްކުރި "ޗާޓަރޑް އެކައުންޓެންޑްސް އެކްޓް" ފާސްކުރުމާއެކު، އެ ދާއިރާގެ ކަންކަން ބަދަލުކޮށްލި ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. އަދި އެ ދާއިރާ ކުރިއަރުވަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެއްވާ އިސްކަން ނިޔާޒީ ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސް އުފެދުމަކީ އެ ދާއިރާގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ނިޔާޒީ ވަނީ ވިދާޅުވެފައެވެ.

ނިޔާޒީ ވަނީ އެ ދާއިރާ ކުރިއެރުވޭނީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތައް ގުޅިގެންކަަމަށް ވިދާޅުވެފައެވެ. ނިޔާޒީ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ ބައިވެރިންނާއެކު މި ފަހަރުގެ ފޯރަމް ކުރިއަށް ގެންދެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ފޯރަމް ކާމިޔާބުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. މިދިޔަ އަހަރު މި ފޯރަމް ބޭއްވީ މެލޭޝިއާގެ އިންސްޓިޓިއުޓަކާ ގުޅިގެން ކަމަށާ، މި އަހަރު އެ ފޯރަމް ބާއްވަނީ ސަރކްގެ ގައުމުތައް ހިމެނޭ އިންސްޓިޓިއުޓްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް