ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 16:03
ސްވިޑްން ފުޓުބޯޅަ ޓީމް
ސްވިޑްން ފުޓުބޯޅަ ޓީމް
ރޮއިޓާސް
އަންހެނުންގެ ވޯލްޑް ކަޕް
ވިމެންސް ވޯލްޑް ކަޕް: އޮސްޓްރޭލިއާ ބަލިކޮށް، ތިންވަނަ ސްވިޑްން އަށް
2019 ވަނަ އަހަރުގައިވެސް ތިންވަނަ ލިބުނީ ސްވިޑްން އަށް

އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ ބަލިކޮށް، މުބާރާތުގެ ތިންވަނަ ސްވިޑްން ހޯދައިފިއެވެ.

ސްވިޑްން އިން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސްވިޑްން އަށް ކުރިހޯދަދިނީ ފްރިޑޯލީނާ ރޮލްފޯ އެވެ. ދެވަނަ ހާފުގައި ކޮސޯވަރޭ އަސްލާނީ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ސްވިޑްން އިންވަނީ ލީޑު ފުޅާކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެ.

މެޗުން ބަލިވިނަމަވެސް، މިއީ އޮސްޓްރޭލިއާގެ ތާރީހުގައި އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. އޮސްޓްރޭލިއާގެ ހުރިހާ ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް ވަނީ އެ ޓީމަށް ލިބިފައެވެ. މުބާރާތް ކާމިޔާބު ކަމާއެކު އިންތިޒާމު ކުރުމުގެ އިތުރުން، ޓީމަށް ލިބިފައިވަނީ ބޮޑު ކުރިއެރުމެކެވެ.

މިއަހަރުގެ މުބާރާތުންވެސް ތިންވަނަ ލިބުމާއެކު، ސްވިޑްން ވެފައިވަނީ އަންހެނުންގެ ފުޓުބޯޅައިގައި ކާމިޔާބު ޓީމަކަށެވެ. އެ ޓީމުން ވަނީ 2003 ވަނަ އަހަރުގެ ރަނަރަޕްކަން އަދި 1991، 2011 އަދި 2019 ވަނަ އަހަރުގެ މުބާރާތުންވެސް ތިންވަނަ ހޯދާފައެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ އިންގްލެންޑާއި ސްޕެއިން އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

- ކޮމެންޓް