Advertisement
ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 13:25
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
އެމްޑީޕީ
ޑރ. މުއިއްޒަށް ކެންޑިޑެސީ ލިބިގެންދިޔަ ގޮތުން ވެސް މެނިފެސްޓޯއެއް ނެތްކަން ހާމަވެގެންދޭ: މާރިޔާ
އެބޭފުޅުންގެ ތަސައްވުރެއް ނެތް

އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ޕާޓީގެ ތެރެއިން ކެންޑިޑެސީ ލިބިގެންދިޔަ ގޮތުން ވެސް އެބޭފުޅުންގެ މެނިފެސްޓޯއެއް ނެތްކަން ހާމަވެގެންދާ ކަމަށް ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ކައިރަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށްފަހު މެނިފެސްޓޯއެއް ތައްޔާރުކޮށްގެން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނޮމިނޭޝަންސް އަންނަން އެއް ދުވަހަށް ވެފައިވަނިކޮށް ޕީޕީއެމްގައި ޑރ. މުއިއްޒު ހުންނެވި މަޤާމު ދޫކުރެއްވުމަށްފަހު، ޕީއެންސީއަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތަށް ނިކުމެ ހުންނެވި ކަމަށެވެ. އެގޮތުން އެކަން ނިމިގެންދިޔަ ގޮތުން ވެސް އެބޭފުޅުންގެ ތަސައްވުރެއް ނެތްކަމާއި މެނިފެސްޓޯގައި ކޮށްދޭނެ ކަންތައްތަކާމެދު އިލްމީ ބަހުސެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު ފެންނަނީ އެމްޑީޕީން އެކަނި ރިޔާސީ އިންތިޚާބަށް ތައްޔާރަށް ތިބިތަން ކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މާރިޔާ ވަނީ ވިދާޅުވެފައެވެ.

Advertisement

އެމްޑީޕީގެ މެމްބަރުން ކައިރީގައި ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބިރުވެރިކަމެއް ނެތް ކަމަށެވެ. އެއްބުރުން އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ހިންގަމުންދާކަން ފާހަގަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފަރާތުން އެ މަންޒަރު ނުފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަމްބަރު ވަނީ ތަރުތީބުކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް