ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 07:09
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ)
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ)
ގައްބަރޭ ބަންދުކުރުން
ޝަރީއަތް ނިމެންދެން ގައްބަރޭ ބަންދުކޮށްފި
މިމައްސަލާގައި ގައްބަރޭ ހޯދަން ފުލުހުން އިއުލާންކުރީ މެއި 15 ވަނަ ދުވަހު
ގައްބަރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވި

މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އަލުން ހައްޔަރުކޮށްފިއެވެ.

މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު، ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ. މިމައްސަލާގައި ގައްބަރޭ ހޯދަން ފުލުހުން އިއުލާންކުރީ މެއި 15 ވަނަ ދުވަހުގައެވެ. އޭގެ 7 ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައި ވާކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދައުލަތުން މި މައްސަލަ އިސްތިއުނާފުކުރުމުން ހައިކޯޓުން ބުނެފައިވަނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ގާނޫނާ ޚިލާފަށްކަމަށެވެ.

އޭގެ ފަހުން މި މައްސަލާގައި އަލުން ގައްބަރޭ ހައްޔަރުކުރިއިރު، އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގީ މަރުހަލާ ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް އަމުރުކޮށްފައި ވެއެވެ.

ހައިކޯޓުގައި ކުރިޔަށްދިޔަ އިސްތިއުނާފު އަޑުއެހުމުގައި ފަނޑިޔާރުން ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ، މެމްބަރު ޒަރީރާ ފުރަތަމަ ފަހަރު ސުވާލުކުރިއިރު، ހަމަލާދިނީ ގައްބަރޭކަން އޭނާ އައިޑެންޓިފައި ކޮށްދެއްވާފައި ވާކަމަށެވެ. އެހެންނަމަވެސް، ފަހުން އެކަން ކަށަވަރު ނުވާކަމަށް ވިދާޅުވެ ބަޔާން ބަދަލުކުރެއްވި ކަމަށް ފުލުހުން ބުނެއެވެ. އެގޮތަށް ބަޔާން ބަދަލު ކުރެއްވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުންނުވާތީ ކަމަށް މެމްބަރު ޒަރީރު ވަނީ ފުލުހުން ގާތުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް