ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 07:08
ގައްދޫ ހޮސްޕިޓަލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތްކުރަނީ
ގައްދޫ ހޮސްޕިޓަލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތްކުރަނީ
އެމްޓީސީސީ
ހޮސްޕިޓަލު އެޅުން
ގައްދޫ ހޮސްޕިޓަލާއި ގަމު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
 
މިމަޝްރޫއު ހަވާލުކޮށްފައިވަނީ ސްޕޭންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާއާ
 
މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ލ. ގަމުގައި ތަރައްގީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، ގދ. ގައްދޫގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް، ސްޕޭންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް އެ ކުންފުނިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، ދެ ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވާ ސައިޓް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ގަމުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުގެ މަޝްރޫއުގެ ދަށުން، 11,830 އަަކަމީޓަރުގެ ސަރަހައްދެއްގައި 130 އެނދުގެ 2 ފަންގިފިލާ އިމާރާތެއް އެޅުމުގެ މަސައްކަތްކުރާނެއެވެ. މި މަޝްރޫއަކީ 30.68 މިލިއަން ޔޫރޯގެ މަޝްރޫއެކެވެ. ގަމު ހޮސްޕިޓަލް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 36 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ގައްދޫގައި އިމާރާތްކުރާ ހޮސްޕިޓަލަކީ 5,770 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅާ, 30 އެނދުގެ 2 ފަންގިފިލާ އިމާރާތެކެވެ. މީގެއިތުުރުން، 720 އަކަމީޓަރުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމާއި، 240 އަކަމީޓަރުގެ ސަރަހައްދެއްގައި ސަރވިސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ. މި މަޝްރޫއަކީ 13.07 މިލިއަން ޔޫރޯގެ މަޝްރޫއެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 30 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ޕްރޮޖެކްޓަށް ފައިނޭސްކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންނެވެ. އެއްބަސްވުމުގެ ދަށުން، ކޮންމެ ހޮސްޕިޓަލަކާ ގުޅިގެން ސްޓާފް އެކަމޮޑޭޝަން ބްލޮކް އެޅުމާއި، މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމާއި، މުވައްޒަފުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް