Advertisement
ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 22:40
އުފާވެރި އަންހެނުން، ހަރަކާތުގެ ތެރެއިން
އުފާވެރި އަންހެނުން، ހަރަކާތުގެ ތެރެއިން
އެމްޑީޕީ
އުފާވެރި އަންހެނުން
އަންހެނުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ރައީސް އަކީ ރައީސް އިބޫ: ރޮޒައިނާ
އަންހެނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް މި ސަރުކާރުގައި ވަނީ ގެނެސްދީފައި
މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން މިހާރު ދޫކޮށްފައިވާ ލޯނުގެ ތެރެއިން 58 އިންސައްތަ ލޯނު ދޫކޮށްފައިވަނީ އަންހެނުންނަށް
ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ މިހާތަނަށް 426 އަންހެނުންނަށް ލިބިފައިވޭ

އަންހެނުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ރައީސް އަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ "އުފާވެރި އަންހެނުން" ގެ ނަމުގައި ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ އެމްޑީޕީގެ އަންހެނުންގެ ރޫހާއި އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އަންހެނުން ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ހަރަކާތުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވަނީ ހާލުގައި އުޅެން ޖެހުނު އެކި އަންހެނުންގެ ވާހަކަތަކުން މިސާލު ނަންގަވައި އެ އަންހެނުންގެ ދިރިއުޅުމަށް މި ސަރުކާރު އައިފަހުން އައި ހެޔޮ ބަދަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތާއި އަމިއްލަ ވިޔަފާރިތައް ހިންގުމާއި ވިހެއުމުން ދޭ ޗުއްޓީ އާއި އަންހެން މީހާ ވިހެއުމުން އެ މީހާއަށް އެހީވުމަށް ފިރިމީހާއަށް ދޭ ޗުއްޓީ އާއި ތައުލީމީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވާފައިވާ ކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ޝަރަފިއްޔާ ލާރި ހޯދަނީ ގޭގަ އިނދެގެން ކޭކު ހަދައިގެން. ޝަރަފިއްޔާ ގޭގަ އިނދެގެން ކޭކު ހަދާކަން އެނގުނު ހަމައެކަނި ރައީސްއަކީ އިބޫ. މައިކްރޯ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި މާކެޓް ހުޅުވާލައި ވުނަދާނެ ފެސްޓިވަލްއޭ ކިޔާ ފެސްޓިވަލެއް ބާއްވާފައި، އޭގެ ބައިވެރިވި 64 މީހުންގެ ތެރެއިން 44 މީހުންނަކީ އަންހެނުން. އުލްފަތަކީ ބޮނޑިހަދައިގެން އާމްދަނީ ހޯދާ މީހެއްކަން އެނގުނީ ހަމައެކަނި ރައީސް އިބޫއަށް. މިވަގުތު އޯތެންޓިކް މޯލްޑީވްސްގެ ނަމުގައި މިއެއްޗެހި ވިއްކާ ފިހާރަތައް ހަދާފައި އެ ފިހާރަތަކަށް ސަޕްލައި ކުރާ 197 ފަރާތުގެ ތެރެއިން 137 ފަރާތަކީ އަންހެނުން.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވި ގޮތުގައި މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން މިހާރު ދޫކޮށްފައިވާ ލޯނުގެ ތެރެއިން 58 އިންސައްތަ ލޯނު ދޫކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ މިހާތަނަށް 4026 އަންހެނުންނަށް ލިބިފައިވާ ކަމަށާއި ނަރުހުންގެ މުސާރަ ބޮޑުކޮށް، ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް ހަމަޖެއްސެވީ ވެސް ރައީސް ޞާލިހު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހަވީރު ސަޔާއެކު ކުރިއަށްދިޔަ މި ހަރަކާތުގައި އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް އޮތް ފަސް އަހަރަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ ސިޔާސަތުތައް ހާމަކުރަން ނިންމިއެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ސިޔާސަތުތައް އިއުލާންކުރުން މިހާރު ވަނީ ފަސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް