ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 10:57
ރާއްޖެ އާއި ލަންކާ ކުޅުނު ދެ ވަނަ މެޗު ފެށުމުގެ ކުރިން
ރާއްޖެ އާއި ލަންކާ ކުޅުނު ދެ ވަނަ މެޗު ފެށުމުގެ ކުރިން
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ތިން ވަނަ މެޗުގައި ޤައުމީ ފިރިހެން ވޮލީ ޓީމަށް ވެސް ނާކާމިޔާބު
ތިން ވަނަ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ ތިން ވަނަ މެޗުން ވެސް ޤައުމީ ފިރިހެން ވޮލީ ޓީމު ބަލިވެއްޖެ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ އިން ތާވަލް ކުރި މެޗުތަކަކީ ކުރިއަށް އޮތް އިންޑިއާ އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗުތަކެކެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ފަހު މެޗުގައި، ބުދަ ދުވަހުގެ ރޭ ޤައުމީ ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ތިން ސެޓުގައި ވެސް ލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ރާއްޖެ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މެޗުގެ ސެޓުތައް ލަންކާ އިން ކާމިޔާބު ކުރީ 25-18، 25-20 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަންކާގެ މަލީޝާ ރަވިޝާން ކަޔަވާދަނާ އެވެ.

ލަންކާއާ ދެކޮޅަށް ކުރިން ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުތައް ވަނީ ތައިލެންޑުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ޤައުމީ އަންހެން ޓީމު ވެސް ވަނީ ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. އަންހެން ޓީމު ވެސް ވަނީ ތިން މެޗުން ބަލިވެފަ އެވެ.

- ކޮމެންޓް