Advertisement
ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 09:50
ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އެމްޑީޕީ
އުފާވެރި އަމާންރާއްޖެ
އާލާސްކަންފުޅާ އުޅުއްވާތީ ރައީސްގެ ދަތުރުފުޅު ފަސްކުރައްވައިފި
މިއަދު އއ. ހިމަންދޫގެ އިތުރުން އދ. އަތޮޅުގެ 7 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
މިހާތަނަށް 11 އަތޮޅަކަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފަ

އާލާސްކަންފުޅާ އުޅުއްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭން ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް މިހާރު ހުންނެވީ އއ. އަތޮޅުގައި ކެމްޕޭނަށް ވަޑައިގެންނެވެ. އިއްޔެ އއ އަތޮޅުގެ 7 ރަށަކަށް ރައީސް ވަޑައިގަންނަވާފައިވާ އިރު، މިއަދު އއ. ހިމަންދޫގެ އިތުރުން އދ. އަތޮޅުގެ 7 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ މިއަދުގެ ދަތުރުފުޅު ވަނީ ފަސްކުރައްވާފައެވެ. ނަމަވެސް އއ. އަތޮޅުގެ 7 ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވެއެވެ.

Advertisement

އެމްޑީޕީން ބުނީ ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ޖުލައި މަހުގެ ތެރޭގައި ކެމްޕޭން ފައްޓަވާފައިވާއިރު، މިހާތަނަށް 11 އަތޮޅަކަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް