ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 23:25
ރައީސް ޞާލިހް އަމާން މުޖްތަމައު ސިޔާސަތު ލޯންޗްކޮށްދެއްވަނީ
ރައީސް ޞާލިހް އަމާން މުޖްތަމައު ސިޔާސަތު ލޯންޗްކޮށްދެއްވަނީ
އެމްޑީޕީ
އަމާން މުޖްތަމައު ސިޔާސަތު
އުފާވެރި އަމާންރާއްޖެ: އަމާން މުޖްތަމައު ސިޔާސަތު ހާމަކޮށްފި
ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާނެ
ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާނެ

އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ "އަމާން މުޖްތަމައު" ސިޔާސަތު ހާމަކޮށްފިއެވެ.

މިއީ "އުފާވެރި އަމާންރާއްޖެ" މެނިފެސްޓޯގައި ހިމެނޭ 3 ވަނަ ސިޔާސަތެވެ. މި މެނިފެސްޓޯގައި ޖުމްލަ 5 ސިޔާސަތު ހިމެނެއެވެ. އަމާން މުޖްތަމައު ސިޔާސަތު އިފްތިތާހުކޮށްދެއްވީ، އއ. އުކުޅަހުގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ސިޔާސަތުގައި 3 ބައެއް ހިމެނެއެވެ.

  • ކުށުގެ ވެށިން ދުރުކުރުން
  • ކުށުގެ ވެއްޓަށް ފާރަވެރިވުން
  • ކުށަށް ޒިންމާނެގުމާއެކު ފަރުވާ

ކުށުގެ ވެށިން ދުރުކުރުން

  • ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާ، ކުށުގެ ވެށިން ދުރުކުރުމަށާއި، ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ޕްރޮގްރާމްތައް ސްޓްރީމްލައިންކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރެވޭނެ.
  • އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިބަމަ މެދުވެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހާލަތު ދެނެގަނެ، އޭގެ މައްޗަށް އިދާރާތައް ގުޅިގެން ވިޔަނުދިނުމާ (ޕްރިވެންޓިވް) އަދި އިޖާބަދިނުމުގެ (ރެސްޕޮންސް) ގެ މަސައްކަތްތައް ފުޅާކުރުމާއި، އިބަމައާއި އަވައްޓެރި ފުލުހުންގެ ޚިދުމަތްފަދަ އިންތިޒާމުތައް ގުޅުވާލާ، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރާނެ.
  • ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާނެ.
  • ޔޫތް ވަޔަލަންސް، ފައިނޭންޝަލް ކްރައިމްސް، އިންޓަރނެޓް-ބޭސްޑް ކްރައިމްސް، ސްކޭމް ކޯލްސް ފަދަ އިމަރޖިންގް ކްރައިމްސްއަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުންވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒުކުރާނެ.
  • ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ ކޭސްވޯކް ކުރެވޭނެގޮތަށް މަލްޓިސްޓޭކްހޯލްޑަރ ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރާނެ.
  • ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދޭނެ.
  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ ފަރާތްތަކާމެދު، ހާއްސަކޮށް 16 އަހަރުން ދަށުގެ ކުދިންނަށް އަދި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަން އަދި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުންކުރާނެ.
  • ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިންގ، މެންޓަރިންގ އަދި ވޮކޭޝަނަލް ޓްރެއިނިންގ ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ.

ކުށުގެ ވެއްޓަށް ފާރަވެރިވުން

  • އިތުބާރުހުރި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރާނެ.
  • ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، ވަށައިގެންވާ މާހައުލަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހަދާނެ.
  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރާނެ.
  • ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރާނެ.
  • އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުންއިތުރަށް ހިފާނެ.
  • ސައިބަރ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބަރ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ.
  • ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ.
  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ.

ކުށަށް ޒިންމާނެގުމާއެކު ފަރުވާ

  • ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށްހަދާނެ. މިގޮތުން، ކުއްޖާ ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި މި ޕްރޮގްރާމްގެ ތެރޭގައި ގާބިލު އިޖްތިމާއީ އެހީތެރިން މެދުވެރިކޮށް ރުޖޫއީ އިންސާފު (ރެސްޓްރޯޓިވް ޖަސްޓިސް) ގެ ތެރެއިން މީޑިއޭޝަން ސެޝަންތަކާއި، ވިކްޓިމް-އޮފެންޑަރ ޑަޔަލޮގްތަކާއި، ކޮމިއުނިޓީ ސަރވިސް އަދި ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގާއި ކަރާމަތަށް ރައްކާތެރިވުމުގެ މުހިއްމުކަން ދަސްކޮށްދެވޭގޮތަށް ޕްރޮގްރާމްތައް މުރާޖައާކޮށް ތަންފީޒުކުރާނެ.
  • ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެ. މިއާއެކު ޖަލުތަކުގެ އާބާދީ ކުޑަވެ، ކުށުގެ ކުޑަބޮޑުމިނުން އެފަރާތަކާއި ޒިންމާ މަތިކޮށް، އަނބުރާ މުޖުތަމައުއަށް އަންނައިރު މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރެވޭނެ ގޮތް މަގުފަހިކުރާނެ.
  • ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރާނެ.
  • ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އެސެސްމަންޓެއް ހެދި، ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރާނެ.
  • އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ރިހެބިލިޓޭޝަން ސެންޓަރުތަކުގައާއި ޖަލުތަކުގައި ފުރިހަމަކުރާނެ.
  • ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބާވަތްތަކުގެ ކުށަށް އަރައިގަނެވޭ ފަރާތްތަކަށް އަމާޒުކޮށް ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މި ޕްރޮގްރާމްގެ ތެރޭގައި މީޑިއޭޝަން ސެޝަންތަކާއި، ވިކްޓިމް-އޮފެންޑަރ ޑަޔަލޮގްތަކާއި، ކޮމިއުނިޓީ ސަރވިސް އަދި ދިރިއުޅުމަށް ތައްޔާރުކުރުމާއި، ކިޔެވުމާއި ތަމްރީނުގެ ބައިތައް ހިމަނާނެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް އާންމު ހާލަތަށް ބަދަލުވާއިރު، ފަރުވާ ފުރިހަމަކުރުމުގެ މަރުހަލާއެއްގެގޮތުގައި ސައިކޮސޯޝަލް ސަޕޯޓް، ކޮމިއުނިޓީ ރީއިންޓަރގްރޭޝަން ސަޕޯޓާއި އާމްދަނީ ލިބޭ ފަދަ މަސައްކަތެއްގައި ޝާމިލުވެއުޅުން ހިމެނޭނެ.
  • ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ޤާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށްހަދާނެ.

މީގެ ކުރިން ވަނީ ދެ ސިޔާސަތެއް ހާމަކޮށްފައެވެ. އެއީ އުފާވެރި ދިރިއުޅުމާއި އާ ޒުވާނުންގެ ޖީލެވެ. ރައީސް ޞާލިހުގެ މެނިފެސްޓޯގައި ޖުމްލަ 5 ސިޔާސަތެއް ހިމެނެއެވެ.

- ކޮމެންޓް