Advertisement
ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 20:22
ރައީސް، އއ. ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް ހުޅުއްވައިދެއްވަނީ
ރައީސް، އއ. ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
އއ. ފެރިދޫ ސިއްހީ މަރުކަޒު
ރައީސް، އއ. ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް ހުޅުއްވައިދެއްވައިފި
އިމާރާތާއެކު، ފެރިދޫ ސިއްހީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި އިމާރާތް ހުޅުއްވައިދެއްވީ، އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ބުދަ ދުވަހުގެ ހަވީރު ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، މި އިމާރާތާއެކު، ފެރިދޫ ސިއްހީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. މި އިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރަކާއި މެޑިކަލް ސްޓޯރެއްގެ އިތުރުން، ލޯންޑްރީ އޭރިއާއެއް ހުރެއެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. 

Advertisement

Advertisement
- ކޮމެންޓް