Advertisement
ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 17:18
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން
އެމްޓީސީސީ
މަތިވެރި ބިން ހިއްކުމުގެ މަސައްކަތް
މަތިވެރި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އަށް
މަތިވެރިން 26.50 ހެކްޓަރުގެ ބިން ހިއްކާނެ
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.99 މިލިއަން ރުފިޔާއަށް

އއ. މަތިވެރި ބިން ހިއްކުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މަތިވެރިއަކީ 1،051 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެ ރަށުގައި ބިމުގެ ދަތިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ރަށުގެ 21.9 ހެކްޓަރުގެ ބިމުގައި އެއްކޮށްހެން މީހުން ވަނީ އާބާދުވެފައެވެ. އެ ރަށުގައި ދިރިއުޅުމުގެ ބޭނުމަށާއ،ި ވިޔަފާރިއަށް ދޫކުރާނެ އިތުރު ބިމެއް ނެތުމުގެ ދަތިކަން ވަނީ ރައްޔިތުންނަށް ދިމާވެފައެވެ.

Advertisement

މި ގޮންޖެހުންތަކާއެކު އެތަކެއް އަހަރުތަކެއް ވަންދެން ރަށުން ގޯތި ނުދެވި އޮތުމުގެ ސަބަބުން ރައްޔިތުން ޝަކުވާ ކުރެއެވެ. މި ޝަކުވާއަށް އަންގާރަ ދުވަހު ވެވުނު އެއްބަސްވުމާއެކު ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހަދައި، 26.50 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.99 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް