ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 17:43
ނައްތާލި ބަނގުރާފުޅިތަކާއި ދަޅުތައް
ނައްތާލި ބަނގުރާފުޅިތަކާއި ދަޅުތައް
ޕޮލިސް
ބަނގުރާ ނައްތާލުން
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިތަކެތި ނައްތާލާފައިވަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި
302 ފުޅި ބަނގުރަލާއި 779 ދަޅު ބަނގުރާ ނައްތާލާފައިވޭ

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފައި ވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފައި ވާކަމަށާއި، މިތަކެތި ނައްތާލާފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ ތަފާތު 70 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ 302 ފުޅި ބަނގުރަލާއި 779 ދަޅު ބަނގުރާ ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް