Advertisement
ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 17:22
ރައީސް ނ. ހެނބަދޫގައި
ރައީސް ނ. ހެނބަދޫގައި
އެމްޑީޕީ
ނ. ހެނބަދޫއަށް ރައީސް ވަޑައިގަތުން
ހެނބަދޫއިން މިފަހަރު 70 އިންސައްތަށްވުރެ މަތިން ވޯޓް ލިބޭނެކަން ޔަގީން: ރައީސް
ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް މަސައްކަތް ކުރަންވާނީ މަޝްވަރާއާއެކު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 48 އިންސައްތަ ވޯޓް ލިބުނު ނަމަވެސް މިފަހަރުގެ އިންތިޚާބުގައި 70 އިންސައްތައަށްވުރެ ގިނައިން ވޯޓް ނ. ހެނބަދޫއިން ލިބިވަޑަގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނ. ހެނބަދޫ ބަނދަރު ބައްދަލުވުމުގައި ރައީސް ވަނީ މީގެކުރީގެ ސަރުކާރުތަކަށް ހެނބަދޫގައި އިންސާނުން ދިރިއުޅުކަން އެނގޭތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ރަށުގައި އެންމެ އަސާސީ ޚިދުމަތްތައް މީގެކުރިން ލިބެން ނެތްއިރު، މި ސަރުކާރުން ރަށަށް ގިނަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް މަސައްކަތް ކުރަންވާނީ މަޝްވަރާއާއެކު ކަމަށާއި, ވެރިކަމަށް އައުމަށްފަހު މަސައްކަތް ކުރަންވާނީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް ވިދާޅުވިއެވެ.

Advertisement

ދީނާބެހޭ ކަންތައްތައް ނިންމުމުގައި ވަރަށް ދަތި މަރުހަލާތައް ކޮވިޑުގެ ހާލަތުގައި ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތުގައި ވަގުތީ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމުމުން، އެއީ ނިންމަން ވަރަށް ދަތިފުޅުވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ހެނބަދޫ ބިން ހިއްކަވައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވައި، ހުކުރު މިސްކިތެއް ގާއިމުކޮށްދެއްވައި، މަގުތައް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެ ގޮތް ކުރިއަތް އޮތް ދައުރުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވަނީ މިއަދު ހެނބަދޫން ފެނިވަޑައިގަތީ ހުރިހާ އެންމެން ނިކުމެ ބަނދަރު ފުރާލާފައި އޮތް މަންޒަރު ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް