Advertisement
ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 11:11
ރައީސް ނ. މާޅެންދޫގައި ވާހަކަ ދައްކަވަނީ
ރައީސް ނ. މާޅެންދޫގައި ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރައީސް ނ. އަތޮޅަށް
ސިޔާސީ މަޤްސަދެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް: ރައީސް
ބޭނުންފުޅުވެވަޑައިގަންނަވަނީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރައްވަން

ކުރިއަތް އޮތް ދައުރުގައި ސިޔާސީ މަޤްސަދެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. މާޅެންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ހޮނިހިރު ދުވަހު ރައީސް ވިދާޅުވީ ބޭނުންފުޅުވެވަޑައިގަންނަވަނީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރައްވާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރައްވަން ކަމަށެވެ.

ރައީސް ވިދާޅުވީ ނ. އަތޮޅަށް މި ކުރައްވާ ދަތުރުގައި އިތުރު އުންމީދުތައް އެބަހުރި ކަމަށެވެ. އެގޮތުން އެމްޑީއޭގެ ރައީސް ސިޔާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ގެނެވުނު ކަމަށާއި ނ. އަތޮޅަށް ބެލިޔަސް އެކަން ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިޤްތިސާދީ ސިޔާސަތުތައް ކަނޑައެޅިގެންދާއިރު ސިޔާމްގެ ހިއްސާ ބޮޑުވާނެ ކަމަށެވެ. ނ. އަތޮޅަށް ފަތުރުވެރިކަމާއި އިޖްތިމާއި ދާއިރާއިން ވެސް ކުރިއެރުން އައިސްފި ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގިނަ ރަށްތަކުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގީ ސިޔާސީ ހަލަބޮލި ކަމަށް ޖާގަދީގެން ނޫން ކަމަށެވެ. މިހާރު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ހެޔޮ ނަތީޖާ ފެންނާނީ ކުޑަދުވަސްކޮޅަކުން ކަމަށް ވިދާޅުވިއެވެ.

Advertisement

މިހާތަނަށް ހާމަކުރި ސިޔާސަތުތަކުގެ އިތުރުން މާދަމާގެ ރޭ އިތުރު ސިޔާސަތެއް އިއުލާންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނ. މާޅެންދޫ ބަނދަރުގެ މަސައްކަތް މިހާރު ވެސް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތްދޭ ތަނަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާޅެންދޫގައި ވެސް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ ކަމަށެވެ. ކުރިއަތް އޮތް ދައުރުގައި އެކަން ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ ނ. އަތޮޅުން އެމަނިކުފާނަށް ބޮޑު އަޤުލަބިއްޔަތު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް