ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 14:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
އެމްޑީޕީ
ރައީސް ގދ އަތޮޅަށް
ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފިޤުހު އެކަޑަމީއެއް ޤާއިމު ކުރާނަން: ރައީސް
 
އްޖޭގައި ދީނީ ތައުލީމު ފުޅާކުރުމަށްވެސް މުހިންމު ކަންތައްތަކެއް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވޭ
 
މަޝްރޫއުތައް ހިންގާއިރު އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންގެ ބަސް ސަރުކާރުން އަހާނެ

ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފިޤުހު އެކަޑަމީއެއް ޤާއިމު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގދ ނަޑެއްލާގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޯލިޝަނުން ވެރިކަމާ ޙަވާލުވުމަށްފަހު ޤައުމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، އިޤްތިސާދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވައި، ރަށްރަށްވެސް ލާމަރުކަޒީ ނިޒާމުގެ ބަދަލުތައް މިހާރު ގެނެވެމުންދާ ކަމަށެވެ.

ރަށްރަށުގައި ކަންކަން ނިންމައި، ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންގެ ބަސް ސަރުކާރުން އަހައި، މަޝްވަރާ ހޯދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ރާއްޖޭގައި އިސްލާމީ ސައްޙަ އަޤީދާ ވަރުގަދަކޮށް، ރާއްޖޭގައި ދީނީ ތައުލީމު ފުޅާކުރުމަށްވެސް މުހިންމު ކަންތައްތަކެއް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފިޤުހު އެކަޑަމީއެއް ޤާއިމު ކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށްވެސް އަލިއަޅުވާލައްވާފައެވެ. މިހާރު 7000 ދަރިވަރުން އެ ޕްރޮގްރާމްގެ ތެރެއިން ވަނީ ކިޔަވާ ނިންމާފައެވެ.

އޭގެ އިތުރުން، މި ވޭތުވެދިޔަ 5 އަހަރަކީ ރާއްޖޭގައި އެންމެ ކުށް މަދުވި 5 އަހަރުކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި