Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 13:04
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން
މަޑަވެލި ކެމްޕޭނު ޖަގަހަ ރޯކޮށްލުން
މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުން އެމްޑިޕީން ކުށްވެރިކޮށްފި
ގދ މަޑަވެލީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައިވެސް އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައި
ކެމްޕެއިން ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެއް

ގދ. މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުން އެމްޑިޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓްގެ ރިޔާސީ ކެމްޕެއިންގައި ގދ. މަޑަވެލީގައި ކެމްޕެއިން ޖަލްސާަަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގައި ރޯކޮށް ތަނަށާއި ތަކެއްޗައް ގެއްލުންދީފައިވާތީ އެކަން ހަރު އަޑުން ކުށްވެެރިކުރާ ކަމަށެވެ.

ކެމްޕެއިން ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެއްކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އޭގެ އިތުރުން، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނެއް ކުރިއަށްދާ ވަގުތު އެ ކެމްޕެއިނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގުމަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން މަނާކަމެއްކަންވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

Advertisement

އަންގާރަ ދުވަހު ގދ މަޑަވެލީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައިވެސް އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ވުމާއެކު، އެފަދަ ކަންކަން ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ހުއްޓާލާ، އެ ބައެއްގެ ކެންޑިޑޭޓުގެ ކެމްޕެއިން މަސައްކަތައިގެން ކުރިއަށް ދިއުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް