Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 11:19
 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ މަޑަވެލީގައި ކެމްޕޭން ޖަގަހައިގައި ރޯކޮށްލުން ކުށްވެރި ކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ މަޑަވެލީގައި ކެމްޕޭން ޖަގަހައިގައި ރޯކޮށްލުން ކުށްވެރި ކުރައްވާފައި
ރާއްޖެއެމްވީ
މަޑަވެލި ކެމްޕޭނު ޖަގަހަ ރޯކޮށްލުން
އެމްޑީޕީ މެމްބަރުން ކިބައިން ރައީސް އެދިވަޑައިގެންނެވީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސް ނުކުރުމަށް
ރައީސް ވަނީ އެފަދަ ހަމަނުޖެހުމެއްގެ ތެރެއަށް އެމްޑީޕީ މެމްބަރުން ނުވަނުމަށް އެދިވަޑައިގެންފައި
އެކަމުގެ ބަދަލުގައިވެސް ކަމެއް ނުކޮށް، އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދޭން ރައީސް އެދިވަޑައިގެންނެވި
މިފަދަ ކަންކަން މީގެ ކުރިންވެސް ހިނގާފައިވާ ކަމަށާއި، އޭގެ މަޤްސަދަކީ ފޯކަސް ގެއްލުވާލުންކަމަށް ވިދާޅުވި

އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ގދ މަޑަވެލީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެރަށުގައި އެމްޑީޕީގެ ކެމްޕޭނު ކުރިއަށް ގެންދަން ތައްޔާރު ކުރި ތަނުގައި ބަޔަކު ހުޅުޖެހި މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

Advertisement

ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބެއްގެ ކެމްޕޭނުގެ ތެރެއިން މިފަދަ ކަންކަން މީގެ ކުރިންވެސް ހިނގާފައިވާ ކަމަށާއި، އޭގެ މަޤްސަދަކީ ފޯކަސް ގެއްލުވާލުން ކަމަށެވެ.

އެކަމުގެ މަޤްސަދަކީ ފޯކަސް ގެއްލުވާލުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

މިކަންކަމަކީ އެމްޑީޕީއަށް ލިބެމުންދާ ތާއީދު ފެނި، ކެމްޕޭން ހުއްޓުވުމަށް ކުރާ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެކަމާމެދު ކަންބޮޑުނުވުމަށް އެމްޑީޕީ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އަދި އެކަމުގެ ބަދަލުގައިވެސް ކަމެއް ނުކޮށް، އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީ މެމްބަރުންނަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވަނީ އެފަދަ ހަމަނުޖެހުމެއްގެ ތެރެއަށް އެމްޑީޕީ މެމްބަރުން ނުވަނުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން އާއްމު މީހަކު ބުނީ އެ ރަށަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް ތައްޔާރު ކުރީ އެ ރަށުގެ ސްކޫލް ކައިރީގައި ކަމަށެވެ.

އަދި އެތަން ތައްޔާރުކޮށް ނިމުނީ ރޭ ދަންވަރު 03:00 ވެސް ވީ ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޯކޮށްލުމާއި ގުޅިގެން އެ ސަރަހައްދުގައި ހުރި 50 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަކާއި އެ ތަނުގައި ހުރި މޭޒުތައް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް