Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 00:20
ގެދޮރުވެރިޔާ ލޯން ލިބި އަމިއްލަ ގެއެއް ބިނާކުރަމުންދާ މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން
ގެދޮރުވެރިޔާ ލޯން ލިބި އަމިއްލަ ގެއެއް ބިނާކުރަމުންދާ މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން
ރާއްޖެއެމްވީ
އުފާވެރި ދިރިއުޅުން ސިޔާސަތު
އުފާވެރި ދިރިއުޅުން ސިޔާސަތު: ހައުސިންގ ފައިނޭންސަށް ބޭންކެއް ގާއިމްކޮށް އެންމެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރަން ހިމަނައިފި
ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދޭނެ
ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ

އުފާވެރި އަމާންރާއްޖެ މެނިފެސްޓޯގައި، އުފާވެރި ދިރިއުޅުން ސިޔާސަތުގެ ތެރެއިން ހައުސިންގ ފައިނޭންސަށް ބޭންކެއް ގާއިމްކޮށް އެންމެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރަން ހިމަނައިފިއެވެ.

މެނިފެސްޓޯގައި ހިމެނޭ އުފާވެރި ދިރިއުޅުން ސިޔާސަތުގައި ހިމެނޭ ދުޅަހެޔޮ ބަދަހި މުޖްތަމައުގައި ބުނެފައިވަނީ ހަމަނޭވާލެވޭ ބޯހިޔާވަހިކަން ލިބެން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުކޮށް، ބިން ދަތި ރަށްރަށުގައި ހައުސިންގް ޔުނިޓްތައް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިންގް ތައާރަފްކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހައުސިންގް ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކޮށް، ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރާނެ ކަމަށް ބުނެފައިވެއެވެ.

އަދި އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރު، އެ ތަންތަނުގެ ވެރިފަރާތުން ބޭނުންވާނަމަ، އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރާނެ ކަމަށާއި، ރިއަލް އެސްޓޭޓް މާރކެޓް ރެގިއުލޭޓްކޮށް، ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށް، ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
- ކޮމެންޓް