Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 17:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހުޅުދެލީގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހުޅުދެލީގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު
އެހެން ޕާޓީތަކަށް ކޯލިޝަނެއް ނުހެދުނު، އަޅުގަނޑުމެން މިތިބީ އެންމެ ބޮޑު ކޯލިޝަނުގައި - ރައީސް
ކޯލިޝަންގައި 80،000 މެންބަރުން އެބަތިބި

ރިޔާސީ އިންތިހާބަށް މުއްދަތު ހަމަވިއިރު، އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ކޯކިޝަނެއް ނުހެދޭ ކަމަށާއި، އެމްޑިޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކީ މިހާތަނަށް އެކުލަވާލެވުނު އެންމެ ބޮޑު ކޯލިޝަން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ދ. ހުޅުދެލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވިއިރު، 8 ކެންޑިޑޭޓުން ކުރިމަތިލި ކަމަށެވެ. ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަން ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލަނީ، ފެހި ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން އެކުލަވާލި އެންމެ ބޮޑު ކޯލިޝަނަކާއެކީ ކަމަށާއި، އެ ކޯލިޝަންގައި 80،000 މެންބަރުން އެބަތިބި ކަމަށެވެ.

Advertisement

އެމްޑީޕީއާއެކު ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.

ރައީސް ދ އަތޮޅަށް ދަތުރުފުޅު ފެއްޓެވީ އާދިއްތަ ދުވަހު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށްފަހުއެވެ. އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.

Advertisement

Advertisement
- ކޮމެންޓް