Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 17:03
ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވަނީ
ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވަނީ
ޖުމްހޫރީ ޕާޓީ
ގާސިމްގެ ކެންޑިޑެސީ ބަލައިގަތުން
ގާސިމްގެ ކެންޑިޑެސީ އީސީން ބަލައިގެންފި
ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހު
ގާސިމްގެ މި ފަހަރުގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަމީން އިބްރާހިމް

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލައިގެންފިއެވެ.

Advertisement

ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހުއެވެ. ގާސިމްގެ ކެންޑިޑެސީ ފޯމު ބަލައިގަތްކަން ހާމަކުރައްވައި، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި، ގާސިމް އިބްރާހީމްގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތީން، ގާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާކަމަށެވެ.

ގާސިމްގެ މި ފަހަރުގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަމީން އިބްރާހީމެވެ. ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބަށް ވާދަކުރަން ނިންމީ، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު އެ ޕާޓީއާ ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުއްވާފައިވަނިކޮށެވެ. އޭގެފަހުން ޖޭޕީގެ ގައުމީ މަޖިލީހާއި ގައުމީ ކޮންގްރެސްއިން ވަކިން ވާދަކުރުމަށް ފާސްކުރިއިރު، ދާދި ފަހުންވެސް ވަނީ ގާސިމްގެ އެދިވަޑައިގަތުމަކަށް އެޕާޓީގެ ކައުންސިލުގައި، އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ވޯޓަށް އަހާފައެވެ. ކައުންސިލުން ފާސްކުރީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީން ވަކިން ވާދަކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް