ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 20:33
ސްވިޑްންގެ ކީޕަރު ބޯޅަ ދިފާއުކުރަނީ: މި ބޯޅަ ގޯލަށް ވަތްކަމަށް އެމެރިކާއިން ބުނޭ
ސްވިޑްންގެ ކީޕަރު ބޯޅަ ދިފާއުކުރަނީ: މި ބޯޅަ ގޯލަށް ވަތްކަމަށް އެމެރިކާއިން ބުނޭ
ބީބީސީ
އަންހެނުންގެ ވޯލްޑްކަޕް
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް
ސްވިޑްން މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4ން

އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އެމެރިކާ ކަޓުވާލުމަށްފަހު ސްވިޑްން އަންހެނުންގެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ދެ ޓީމަށްވެސް ލަނޑެއް ނުޖެހި 120 މިނިޓް ނިމުނު މެޗުން ސްވިޑްން މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4އިންނެވެ.

މި މެޗުގައި އެންމެ މައްސަލަ ގޯސްވީ މެޗު ނިމިނިމި އޮއްވައި އެމެރިކާއިން ފޮނުވާލި ހަމަލާއެއް ގޯލު ރޮނގު ހުރަސްކުރި ކަމަށް ބުނެ އެ ޓީމުން މައްސަލަ ޖެއްސުމުންނެވެ. ނަމަވެސް ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް ބޯޅަ ދިފާއުކުރީ ރޮނގު ހުރަސްކުރުމުގެ ކުރިން ކަމަށް، ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ނިންމާފައެވެ.

އެމެރިކާގެ ކޯޗު ލަޓްކޯ އެންޑޮވްސްކީ މެޗަށްފަހު ބުނީ މިއީ ވަރަށް ވާދަވެރި މެޗެއް ކަމަށެވެ. އަދި އޭނާގެ ޓީމުން ގޯލަށް ޖެހި ބޯޅަ ރޮނގު ހުރަސްނުކުރާ ކަމަށް ރެފްރީ ނިންމި ނަމަވެސް އެކަން އަދިވެސް ގަބޫލުކުރަން ދަތިކަމަށެވެ.

އަންހެނުންގެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް މިހާތަނަށް ދަތުރުކޮށްފައިވަނީ ސްޕޭނާއި ޖަޕާން އަދި ނެދަލޭންޑްސްއާއި ސްވިޑްންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް