Advertisement
ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 11:55
އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)
އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)
ރާއްޖެއެމްވީ
ރައީސްގެ ރަނިންމޭޓް
ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި މިފަހަރު އެމްޑީޕީން ގެންނަން ބޭނުންވީ އެމްޑީޕީ މީހެއް: އިބްރާހީމް ވަހީދު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ބޭފުޅުން ވެސް އެމްޑީޕީގެ ރަނިންމޭޓެއް ހުންނަވަން ބޭނުންފުޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި މިފަހަރު މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އިން ގެންނަން ބޭނުންވީ އެޕާޓީއަށް ނިސްބަތްވާ މީހެއް ކަމަށް އެ ޕާޓީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިބްރާހީމް ވަހީދު ވިދާޅުވީ ރަނިންމޭޓެއް އިހްތިޔާރު ކުރުމުގައި ބެލީ އެބޭފުޅަކީ އެމްޑީޕީއަށް ނިސްބަތްވާ މީހަކަށްވުން ކަމަށެވެ. އަދި އެބޭފުޅެއްގެ ފަރާތުން ޕާޓީއަށް އިތުރު ވޯޓް ލިބެނޭ މީހެއްތޯ ވެސް ބެލި ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން އައްޑޫ އިން ރަނިންމޭޓެއް ނެގުމުގެ ވިސްނުން އެމްޑީޕީން ގެންގުޅުނު ކަމަށާއި ރަނިންމޭޓް ކަނޑައެޅީ ހުރިހާ އެންމެންގެ ރުހުމާއެކު ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އިބްރާހީމް ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުން ވެސް ރަނިންމޭޓާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ބޭފުޅުން ވެސް އެމްޑީޕީގެ ރަނިންމޭޓެއް ހުންނަވަން ބޭނުންފުޅުވި ކަމަށެވެ. މިއީ މުޅި ޕާޓީއާ ކޯލިޝަނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

Advertisement

ރައީސްގެ ރަނިންމޭޓު ކަނޑައަޅާފައިވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހަށް އަރުވާފައިވަނީ މި އަހަރުގެ ޖެނުއަރީގައި ބޭއްވި ޕްރައިމަރީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭރު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދާ ވާދަކުރެއްވި ޕްރައިމަރީ، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ރައީސެވެ. އެކަމަކު، ޕްރައިމަރީގެ ނަތީޖާއަށް ފަހު ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އެއަށް ފަހުގައި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދުގެ މައްޗަށް ރައީސް ސާލިހު ކުރިހޯއްދެވީ 61 ޕަސެންޓުންނެވެ. ރައީސް 24،566 ވޯޓު ހޯއްދެވި އިރު ނަޝީދަށް ލިބިވަޑައިގަތީ 15،641 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް