Advertisement
ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 10:42
އެމްޑީޕީން ކެންޑިޑޭސީ ފޯމް ހުށަހެޅުން
އެމްޑީޕީން ކެންޑިޑޭސީ ފޯމް ހުށަހެޅުން
މިހާރު
ރައީސް ސާލިހުގެ ކެންޑިޑަސީ ފޯމު
ރައީސް ސާލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ފޯމު ހުށައެޅުއްވާފައިވަނީ އިންޚާބީ އެޖެންޓް މުހައްމަދު ނާޝިޒް
ރައީސް ސާލިހުގެ ރަނިންމޭޓަކީ އަސްލަމް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް ސާލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވާފައިވަނީ އިންޚާބީ އެޖެންޓު މުހައްމަދު ނާޝިޒެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރައީސް ސާލިހުގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސްކަމަށް ވާދަކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ކެންޑިޑަސީ ފޯމާމެދު 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނެއެވެ.

Advertisement

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތު ހޯމަ ދުވަހު ހަމަވާއިރު ނަން ހުށަހެޅުއްވި ކެންޑިޑޭޓުންގެ ނަން ތަރީތީބުކުރުން  ބުދަ ދުވަހު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ކެންޑިޑަސީ ފޯމް ހުށަހަޅާފައިވަނީ އެމްޑީޕީ އާއި ޕީޕީއެމުން އެކަނި ކަމަށެވެ. އަދި ޕީޕީއެމްގެ ފޯމް އެ ކޮމިޝަނުން ބަލައިގަނެފައެއް ނުވެއެވެ.

ޖުމްލަ 283،272 މީހުންނަށް ވޯޓު ލެވޭ މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީން ވެސް ވާދަކުރަން ވަނީ ނިންމައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް