ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 08:47
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް
ޓްވީޓަރ
ރެއާލް މެޑްރިޑު
ރެއާލްގެ ރައީސްކަމުން ޕެރޭޒް ވަކިވާން އުޅޭ ވާހަކަ ދޮގުކޮށްފި
 
ރެއާލްގެ ރައީސް ކަމަށް ޕްރޭޒް އެންމެ ފުރަތަމަ އިންތިޚާބުވީ 2000 ވަނަ އަހަރު

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އެ މަގާމުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުލަބު ދޮގުކޮށްފި އެވެ.

ސްޕެއިންގެ ބައެއް މީޑިއާތަަކުގައި ބުނެފައިވާ ގޮތުން އުމުރުން 76 އަހަރުގެ ޕްރޭޒް ވަނީ ރެއާލްގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. އަދި އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ޕެރޭޒް ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ، ރެއާލްގެ ރައީސް ޕެރޭޒް އެ ކުލަބުގެ ރައީސްކަމުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސާފު ކޮށްދޭން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅުވައިގެން މީޑިއާތަކުގައި ދެކެވެމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، ރެއާލްގެ ރައީސްކަމުން ޕެރޭޒް އިސްތިއުފާ ދެއްވަން ނޫޅުއްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރެއާލްގެ ރައީސް ކަމަށް ޕްރޭޒް އެންމެ ފުރަތަމަ އިންތިޚާބުވީ 2000 ވަނަ އަހަރު އެވެ. އެ އަހަރު އޮތް އިންތިޚާބުގައި ޕެރޭޒް ވަނީ އޭރު ހުންނެވި ލޮރެންޒޯ ސާންޒްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. ރެއާލްގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ނުކުންނަވާނެކަން ޕެރޭޒް ވަނީ 2009 ވަނަ އަހަރުގެ މެއި މަހު އިއުލާންކުރައްވައިފަ އެވެ. ނަަމަވެސް އެ އިންތިޚާބަށް ކުރިމަތިލެއްވީ ޕެރޭޒް އެކަންޏެވެ. ޕެރޭޒްގެ ރައީސްކަމުގަައި ވެސް ރެއާލުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން ޔޫރަޕުގައި ފާހަގަކޮށްލެވޭ ވަރުގެ ސްކޮޑެއް ރެއާލުން ވަނީ އެކުލަވާލައިފަ އެވެ. މީގެ އިތުރުން ޔޫރަަޕުގެ ބައެއް ކުލަބުތަކުން އިސްވެ އޮވެ އުފައްދަން މަސައްކަތް ކުރާ ސުޕަ ލީގުގެ ޗެއާމަން އަކީ ވެސް ޕެރޭޒް އެވެ.

ސްޕެއިން އަށް އުފަން ޕެރޭޒް އަކީ ވިޔަފާރީވެރި އެކެވެ. އޭނާ އަކީ ސިވިލް އިންޖީނިއަރިންގެ ދާއިރިއާ އިން ކިޔަވައިގެން ހުންނެވި ބޭފުޅެކެވެ. ޕެރޭޒް އަކީ މިވަގުތު ވެސް އޭސީއެސް ކުންފުނީގެ ބޮޑު މެމްބަރެކެވެ. ރެއާލްގެ ރައީސްކަމަށް އިންތިޚާބުވި ފަހުން ޕެރޭޒް އަމިއްލަ ވިޔަފާރީގައި އުޅުއްވަނީ މަދުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް