ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 08:15
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި
އަމްނާ އިމާދު
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 ރުފިޔާ - ހަބީބު
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާ ޚަރަދުކުރެވޭނެ
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282,395 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އީސީން ބުނޭ
600ށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވަނީ ބުނެފައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް އެފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 (ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު 2023 އަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282,395 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ. އަދި 600ށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް