ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 15:15
ނޫސަންދަ ކޮމިޝަނަރ އޮފް ޕޮލިސް، އައްޑޫ ކުލިނިކު ހުޅުއްވައިދެއްވަނީ
ނޫސަންދަ ކޮމިޝަނަރ އޮފް ޕޮލިސް، އައްޑޫ ކުލިނިކު ހުޅުއްވައިދެއްވަނީ
ޕޮލިސް
ނޫސަންދަ ކުލިނިކު ހުޅުވުން
ނޫސަންދަ އައްޑޫ ކުލިނިކު ހުޅުވައިފި
ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތްދޭނެ
އިމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ވެސް މި ކުލިނިކުން ފަރުވާދޭނެ

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ''ނޫސަންދަ އައްޑޫ''ގެ ނަމުގައި ކުލިނިކެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި، މި ކުލިނިކު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ބުދަ ދުވަހުން ފެށިގެން މި ކުލިނިކުން ޚިދުމަތްދޭން ފަށާފައިވާއިރު، ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދޭނެކަމަށް ފުލުހުން ބުނެއެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް މި ކުލިނިކުން ފަރުވާދޭނެއެވެ.

މި ކުލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދޭނެއެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްވެސް ދޭނެއެވެ.

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު ޚިދުމަތްދެމުން ދިޔަނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށްވެސް މި ކުލިނިކުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް