Advertisement
ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 11:58
ފިއްލަދޫގައި ބޭއްވި ބަނދަރު ބައްދަލުވުން
ފިއްލަދޫގައި ބޭއްވި ބަނދަރު ބައްދަލުވުން
އެމްޑީޕީ
ރައީސް ފިއްލަދޫ ދަތުރުފުޅު
ސަރުކާރުން ކައުންސިލުތަކަށް ދޭ އެހީގެ ފައިދާ ރަށްރަށުން ދަނީ ފެންނަމުން: މެންބަރު ޝަރީފް
ފިއްލަދޫއަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ނުހަނު ލޯބިކުރާ ރައްޔިތުންތަކެއް ތިބި ރަށެއް
ރައްޔިތުން އެދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކޮށްދެއްވަމުން ގެންދަވާ

ސަރުކާރުން ކައުންސިލުތަކަށް ދޭ އެހީގެ ފައިދާ ރަށްރަށުން ފެންނަމުންދާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ހއ ފިއްލަދޫގައި ބުދަ ދުވަހު ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ރައްޔިތުން އެދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ގެނައި ބަދަލުތަކާއެކު އެރަށު ކައުންސިލުންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން ކައުންސިލުތަކަށް ދޭ އެހީގެ ފައިދާ ރަށަށް ކުރަމުންދާކަން މެމްބަރު ފާހަަގަ ކުރެއްވިއެވެ.

Advertisement

އޭގެ އިތުރުން، ފިއްލަދޫއަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ނުހަނު ލޯބިކުރާ ރައްޔިތުންތަކެއް ތިބި ރަށެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، އެ ރަށުން ރައީސް ސާލިޙަށް ބޮޑު އަޣުލަބިއްޔަތެއް ލިބިގެންދާނެކަން ޤަބޫލު ކުރައްވާ ކަމަށެވެ.

މެމްބަރު ޝަރީފް ވަނީ އާރްޓީއެލް ފެރީއާއި އެނޫންވެސް ޚިދުމަތްތަކާއެކު ރައްޔިތުންނަށް ލިބިދީފައިވާ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް