ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 08:06
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑޮނީ ވެންޑަބީކް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑޮނީ ވެންޑަބީކް
ޓްވިޓަރ
މެންޗެސްޓަރ ޔުނައިޓެޑު
ޑޮނީ ވެންޑަބީކް ހޯދުމަށް ސޮސިއެޑާޑުން ޔުނައިޓެޑާ މަޝްވަރާ ކުރަނީ
ސޮސިއެޑާޑުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސީދާ ކުޅުންތެރިޔާއާ ވެސް މަޝްވަރާކޮށްފައި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެންޑަބީކް ހޯދުމަށް ރެއާލް ސޮސިއެޑާޑުން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އަކީ ޔުނައިޓެޑުން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ މޮރޮކޯގެ މިޑްފީލްޑަރު ސޮފްޔާން އަމްރަބަތު ގެނައުމަށް އެ ކުލަބުން ބޭނުންވާތީ، މާލީ ގޮތުން ހުރި ދަތިތަކަށް ހައްލު ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، ވެންޑަބީކް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް ސޮސިއެޑާޑުން ވަނީ ޔުނައިޓެޑަށް އެކަން އަންގާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ކުރިން ސޮސިއެޑާޑުން މިދިޔަ ހަފްތާގެ ތެރޭގައި ސީދާ ކުޅުންތެރިޔާއާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓުތަަކުގައިވެ އެވެ. އޭނާ ހޯދުމަށް ސޮސިއެޑާޑުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ޔުުނައިޓެޑުން އެކުލަބާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަން ބިނާވާނީ ޔުނައިޓެޑުން ހުށަހަޅާ އަގަކަށް ސޮސިއެޑާޑުން އެއްބަސްވާނަމަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަޔެކްސް ދޫކޮށް ވެންޑަބީކް ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޔުނައިޓެޑަށް ބަދަލުވި ފަހުން، 2022 ވަނަ އަހަރު އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ކުޅެފަ އެވެ. އެއީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. އަޔެކްސް އިން އޭރު ވެންޑަބީކް ހޯދުމަށް ޔުނައިޓެޑުން ގާތްގަނޑަކަށް ޖުމްލަ 40 މިލިއަން ޕައުންޑު ޚަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ވެންޑަބީކް އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ނެދަލެންޑްސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 19 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. 2021 ވަނަ އަހަރު އޭނާ އަށް ޤައުމީ ޓީމުން ޖާގަ ގެއްލުނީ ޔޫރޯ ފުޓުބޯޅަ މުބާރާތް ބޯމަތިވެފައި ވަނިކޮށެވެ. އެއީ އޭރު އޭނާ އަނިޔާގައި ހުރުމުގެ ސަބަބުންނާއި، މުބާރާތަށް މުޅިން ފިޓުނުވާނެތީ އެވެ. އޭގެ ފަހުން ވެންޑަބީކް އަށް ޤައުމީ ޓީމުން ޖާގައެއް ނުލިބެ އެވެ.

- ކޮމެންޓް